އިންތިގާލީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/އިންތިގާލީ ރައީސް އޮފީސް
ހަބަރު
25 Oct 2023 | 12:24
އިއްޔެ ނެރުނު ގޯތި އަދި ފުލެޓް ލިސްޓާއިމެދު އަމަލު ކުރާނެ ގޮތުގެ މަޝްވަރާތައް ދަނީ ކުރިއަށް: ފިރުޒުލް

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި އަދި ފުލެޓަށް އެދި ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި 40 ހާހަށްވުރެ ގިނަމީހުން ފޯމު ހުށަހަޅާފައިވާއިރު، އެ ކަމުގައި ޢަމަލު ކުރާނެ ގޮތަކާއި މެދު މަޝްވަރާ ކުރައްވަމުންދާ ކަމަށް އިންތިގާލީ ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުން ބުނެފިއެވެ. 

ގެދޮރުވެރިޔާ ބިންވެރިޔާ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހަމަވެފައިވާއިރު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން 21،247 ފޯމު އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން 19،347 ފޯމު ވަނީ ހުށަހަޅައިފަ އެވެ. 

މި ސަރުކާރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، ދެ ވަނަ ބުރުގައި ކުރިމަތިލި 40،000 މީހުންގެ މައުލޫމާތު ސާފުކޮށް، ލިޔުން ހަވާލު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސަރުކާރުން ހާމަކޮށްފައި ނުވާއިރު، އެ ފޯމު ހުށަހެޅި މީހުންނާއި މެދު އަންނަން އޮތް ސަރުކާރުން ކަންކުރާނެ ގޮތަކާއިމެދު މިއަދު އިންތިގާލީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ތެރެއިންވެސް އަދި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހުގައިވެސް، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވަމުންދިޔަ ވާހަކަ އަކީ ސަރުކާރުން ލިޔުން ހަވާލުކޮށް ގޯތި ލިބޭނެ ކަމަށް ލިސްޓުގައި ހިމަނާފައިވާ އެއްވެސް ފަރާތެއްގެ އަތުން އެ ގޯތި ނުވަތަ ފުލެޓް އަތު ނުލައްވާނެ ކަމަށެވެ. އަދި އެ ވިދާޅުވި ބަސްފުޅާއި އެއްގޮތަށް ކަން ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އެވާހަކަތައް (ގޯތި އަދި ފުލެޓް އަތުނުލާނެ ވާހަކަ) ދައްކަވަމުން ދިޔައިރު ޝާއިޢު ކޮށްފައި އޮތީ ގޯތި އަދި ފުލެޓް ގެ ވަކި ލިސްޓެއް. ފަހުން އަނެއްކާ އިތުރު އިއުލާނެއް ކުރެވިގެން އިތުރު ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅި ވާހަކަ އިއްޔެ އަޅުގަނޑުމެންނަށް ޚަބަރު ލިބުނީ. އިންތިޚާބީ ރައީސްގެ ކޮމިޓްމަންޓް ގުޅިފައި މިއޮތީ ކުރިން ޝާޢިއު ކުރެވުނު ލިސްޓަށް. ފަހުން ކުރެވުނު އިއުލާނާ ގުޅިގެން ހުށަހެޅުނު އެޕްލިކޭޝަން ތަކާއި ގުޅޭ ގޮތުން އަޅުގަނޑުމެން އިތުރު މަޝްވަރާތައް ހިންގަމުން އެބަ ގެންދަން. އެކަން ކަމާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ދެއްވަން މިވަގުތު ދަތި."

އިންތިގާލީ ތަރުޖަމާނު ފިރުޒުލް 

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. މިހާތަނަށް ހިއްކާފައި ހުރި ބިންތަކުން ބައެއް މީހުން ގޯތި ކަނޑައި ދީފައި ވެސް ވެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ 2، 3 އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޭން ވަނީ ނިންމައިފަ އެވެ. މުޢިއްޒު ވަނީ އެ އެންމެނަށްވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ގޯތި އަދި ފުލެޓު ދެއްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ