ޖަމިއްޔަތުއް ސަލަފުން ބާއްވާ ފޯރަމްގެ ޕޯސްޓަރެއް.
ހަބަރު
25 Oct 2023 | 12:15
“ފަލަސްޠީނުގެ ވާހަކަ” ނަމުގައި ސަލަފްގެ ޚާއްސަ ފޯރަމެއް ބާއްވަނީ

“ފަލަސްޠީނުގެ ވާހަކަ” މިނަމުގައި ޖަމިއްޔަތުއް ސަލަފުން ޚާއްސަ ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.

ފަލަސްޠީނުގައި މިހާރު ހިނގަމުންދާ ކަންކަމައި ގުޅުވައި ގެން އެތައް ބަޔަކު އެކި ހަރަކާތް ތައް ކުރިއަށް ގެންދާއިރު ޖަމިއްޔަތުއް ސަލަފުން ބާއްވާ މަޢުލޫމާތު ދިނުމުގެ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައެވެ.

ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ހެންވޭރު އާޓިފިޝަލް ބީޗުގައެެވެ.

ފޯރަމްގައި މަޢުލޫމާތު ދެއްވާނީ އައްޝައިޚް އަޙްމަދު ސަމީރާއި އައްޝައިޚް މުޖްތަބާ ޙަމީދެވެ.

ހުކުުރު ދުވަހުގެރޭ ސަލަފްގެ ފޯރަމް އޮންނައިރު 26 އޮކްޓޫބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގެ ހިޔާ ޕާކުގައިވެސް ފޯރަމެއް ބޭްވުމަށް ވަނީ ހަމަޖެހިފައެވެ.

މިފޯރަމް ގައި ވާހަކަ ދައްކަވާނީ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް އާއި އައްޝައިޚް އިމްތިތާއު ޢައްބާސް އެވެ.

މަޢުލޫމާތު ދިނުމުގެ މިފަދަ ސެޝަންތައް ދީނީ އިލްމުވެރިން ކުރިއަށް ގެންދަވާއިރު، ރާއްޖޭގެ އެކި އެކި އަމިއްލަ ފަރާތްތަކުން ދަނީ ފަލަސްޠީނަށް އެހީ ދިނުމަށް ފައިސާ ހޯދުމުގެ މަސައްކަތް ތައް ކުރަމުންނެވެ.

އަދި ހަަމައެއާއިއެކު ދިވެހިން ތިބީ ފަލަސްޠީނާއި އެކު ކަން ދައްކުވައި ދިނުމަށް އެއްވުންތަކާއި ހިނގާލުންތައް ވެސް ދަނީ ބާއްވަމުންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރާއިލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު 5000 މައްޗަށް ވަނީ އަރައިގެން ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.