އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް-- ފޮޓޯ/ އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ހަބަރު
25 Oct 2023 | 14:32
ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ހާއްސަ އޮޑިޓެއް ހަދަނީ

ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ހާއްސަ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ، އިންތިގާލީ ކޮމިޓީތަކުން ކުރާ މަސައްކަތްްތަކަކީ އެ ކޮމިޓީގެ ބޭފުޅުން ވަޑައިގަންނަނާ މުއައްސަސާއެއް ނުވަތަ ވުޒާރާއެއްގެ ނުވަތަ ކުންފުނި ތަކުގެ ހާލަތު ހުރިގޮތް ދެނެގަތުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ފައިސާއާ ގުޅޭ ހާލަތްތަކާއި މާލީ ހާލަތްތަކާއި އަދި އިދާރީ އަދި މުވައްޒަފުންނާ ގުޅޭ ހާލަތުތައް ދެނެގަތުން ފަދަ ކަންކަން އެ ކޮމިޓީން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއާއެކު ފިރުޒުލް ވިދާޅުވީ، އިންތިގާލީ ކޮމެޓީތަކުން މިހާތަނަށް ކުރި މަސައްކަތްތަކުން ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ހާލަތު ވަރަށް ދެރަ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ ތަންތަނުގެ ހާލަތާއި ގުޅޭ ގޮތުން ކޮމެޓީތަކުން އެކުލަވާލާ ރިޕޯޓުގައިވާ ކަންކަން ތަފްސީލީ ގޮތެއްގައި ދެނެގަނެވޭނީ ހާއްސަ އޮޑިޓެއް ހަދައިގެންކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި އިދާރާތަކަކާއި ކުންފުނިތަކެއް ހާއްސަކޮށް އޮޑިޓެއް ހަދަން ޖެހޭ. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން އޮޑިޓާ ޖެނެރަލްއާ ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަންނަވާނަން. މި މަސައްކަތްތަކާ މި ނިންމުންތަކާ ގުޅޭ ތަފްސީލް އަޅުގަނޑު ފަހުން ހިއްސާކުރާނަން،" 

މުހައްމަދު ފިރުޒުލް 

ބައެއް ކުންފުނިތަކާއި އިދާރާތަކުގެ އޮޑިޓް ހެދުމަށް ދަންނަވަން ނިންމަވާފައިވާ ކަމަށް އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ނަމަވެސް އެއީ ކޮން ތަންތަނެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ