އިބްން މަރްޔަމް އަލް ޝިފާގެ ނާސަރީގައި ފަރުވާ ހޯދަނީ
ދުނިޔެ
25 Oct 2023 | 15:24
“އިބްން މަރްޔަމް”: މާބަނޑު ޙާލުގައި ޝަހީދުވި މަންމަގެ ބަނޑުން ޣައްޒާގެ ބިރުވެރި މާހައުލަށް

ފަލަސްޠީނުގެ ޣައްޒާއަށް އޮކްޓޫބަރު 13 ވަނަ ދުވަހު އިޒްރާއިލްގެ ޔަހޫދީން ދިން ހަމަލާތަކުގައި ބޮޑެތި ޒަޚަމްތަކެއް ލިބި ޝަހީދުވި މާބަނޑު އަންހެނެއް ކަމަށްވާ މަރްޔަމްގެ ދަރިފުޅު ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އެބަގެންދެއެވެ.

“އިބްނު މަރްޔަމް އަލް ޙަރްޝް” ދުނިޔެއަށް އުފަންވެފައިވަނީ ބަނޑަށް އެންމެ 32 ހަފްތާގައި، އޭނާގެ މަންމަ މިދުނިޔެއަށް އަލްވަދާޢު ކީފަހުންނެވެ. ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރްޔަމް ވަނީ ޝަހީދުވެފައެވެ.

އަލް ޝިފާ ހޮސްޕިޓަލްގެ ޑޮކްޓަރ ނައްސިރް ބުލްބުލް އިބްނު މަރްޔަމް އަލް ޚަރްޝް ދުނިޔެއަށް އުފަންވުން ސިފަ ކުރައްވައިފައިވަނީ އިޒްރާއިލްގެ ޔަހޫދީންނާއި ދެކޮޅަށް ލިބުނު ނަޞްރެއްގެ ގޮތުގައެވެ.

“އޮކްޓޫބަރ 13 ވަނަ ދުވަހު ކަމާލް އަދްވަން ހޮސްޕިޓަލުން އަހަރެމެންނަށް ލިބުނީ ކޯލެއް، ވަރަށް ބޮޑަށް ޒަޚަމްތައް ލިބިފައި އޮތް މާބަނޑު އަންހެނެއް މަރުގެ ތުންފަތް މަތީގައި އޮތް ކަމަށް ބުނީ” ޑޮކްޓަރ ބުލްބުލް އަލްޖަޒީރާ އަށް ބުނެފައިވެއެވެ.

މަރްޔަމްގެ އާއިލީ ގެއަށް ދިން ރޮކެޓް ހަމަލާތަކުގައި އެ ގެވަނީ ހަލާކުވެފައި ކަމަށާއި އެ އާއިލާގެ 10 މެމްބަރުން އެއްކޮށް އެހަމަލާގައި ޝަހީދުވެފައިވާ ކަމަށް ޑރ ބުލްބުލް ވިދާޅުވެފައިވެއެވެ.

އަލްޖަޒީރާގައި ޑރ ބުލްބުލް އަށް ހަވާލާދީ ބުނެފައިވަނީ މަރްޔަމް ޝަހީދުވުމުން ދަރިފުޅު ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު އޮތުމުން އެމަޖެންސީގައި ސީސެކްޝަން ހަދައި ދަރިފުޅު ނަގައިފައިވާ ކަމަށެވެ. ނެގިއިރު އެކުއްޖާ މަރުނުވާ ކަމަށާއި ނަމަވެސް ހިތުގެ ވިންދުން ވަރަށް ބޮޑަށް ދަށްވެފައި ވާކަމަށެވެ.

ވަގުތުން އެމަޖެންސީކޮށް އިބްނު މަރްޔަމް އަލް ޝިފާ ހޮސްޕިޓަލަށް ގެނެވިފައިވާ ކަމަށެވެ. އަދި އަލް ޝިފާގެ އެންއައިސީޔޫގައި މެޝިނުގައި ފަރުވާ ހޯދަމުން ދާކަމަށެވެ. އަލް ޝިފާގެ އެންއައިސީޔޫގައި މިހާރުވެސް 54 ކުއްޖަކު ދަނީ ފަރުވާ ހޯދަމުންނެވެ.

ޑރ ބުލްބުލް ވިދާޅުވެފައިވަނީ އިބްނު މަރްޔަމްގެ ޙާލު އަންނަނީ ދުވަހެއް ދުވަހަަކަށް ރަނގަޅުވަމުން އަންނަކަމަށެވެ. އަދި އެކުއްޖާގެ ޙާލު ބަލައިލުމަށް ނުވަތަ ހޯދުމަށްވެސް އޭނާގެ ޢާއިލާގެ އެއްވެސް މީހަކު އައިސްފައި ނުވާ ކަަމަށް ޑރ ބުލްބުލް އާއި ހަވާލާދީ އަލްޖަޒީރާ ގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.