ޝަހީދުވެފައިވާ ފަލަސްޠީނުގެ ކުޑަ ކުއްޖަކަށް އޭނާގެ ޢާއިލާގެ މެމްބަރަކު އެންމެ ފަހުގެ ސަލާމް ކުރަނީ. ފޮޓޯ: ޤުދްސް ނެޓްވޯކް
ދުނިޔެ
25 Oct 2023 | 16:21
ތިން ހަފްތާއިން ފަަލަސްޠީނުގެ 3000 ކުދިން ޝަހީދު ވެއްޖެ

ފާއިތުވި ތިން ހަފްތާގެ ތެރޭގައި 3000 ކުޑަ ކުއްޖަކު ޝަހީދުވެފައިވާ ކަަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އަށް ހަވާލާދީ ޤުދްސް ނިއުސް ނެޓްވޯކުން ބުނެފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީ ޤުދްސް ނެޓްވޯކުން ބުނެފައިވަނީ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު އިޒްރާއިލުން ފަލަސްޠީނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން 3000 ކުޑަ ކުދިން ވަނީ ޝަހީދުވެފައިވާ ކަމަށެވެ.

މިއީ ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާތަކުގެ ސަބަބުން އެއް އަހަރުތެރޭގައި މަރުވި ކުޑަކުދިންގެ ޢަދަދުގެ ދެބައިކުޅަ އެއްބައެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުތެރޭގައިވެސް 344 ކުޑަ ކުއްޖަކު ވަނީ ޝަހީދުވެފައެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ފަަލަސްޠީނުގެ މިހާ ގިނަ ކުޑަކުދިން ޝަހީދު ވަމުން ދާއިރުވެސް ހުޅަނގުގެ ޤައުމުތަކުގެ ވެރިން މަސައްކަތް ކުރަމުންދަނީ އަނިޔާ ލިބިފައިވާ ބަޔަކީ އިޒްރާއިލްގެ ޔަހޫދީންކަން ސާބިތު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އދ ގެ ޖެނެރަލް ސެކިޔުރިޓީ ކައުންސިލްގައި ވާހަކަ ދައްކަމުން އިޒްރާއިލުން ބުނެފައިވަނީ އެބައިމީހުން ފަލަސްޠީނުގެ ގެތަކަށާއި ހޮސްޕިޓަލް ތަކަށާއި ބޮން އަޅައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކުރަމުންދަނީ ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންނަށް ގަލުން ހަމަލާދޭތީ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.