އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަސްލަމް
ހަބަރު
25 Oct 2023 | 20:15
ނަޝީދުގެ ރިޔާސަތުގައި މުއިއްޒު ހުވާކުރައްވައިފި ނަމަ ކެބިނެޓަށް ރުހުމެއް ނުދޭނަން: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވާ ދަރުބާރެއްގައި ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވައިފިނަމަ ރައީސް މުއިއްޒަކީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހުވާ ކުރައްވައިގެން ހުންނެވި ރައީސެއް ކަމުގައި ބަލައި ނުގަންނާނެ ކަމަށާއި އެމަނިކުފާނުގެ ކެބިނެޓަކަށް ރުހުން ނުދޭނެ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ހުށައެޅި މައްސަލަ ފާސް ކުރަން ވޯޓް ދޭން ނިންމާ އެެ ޕާޓީން ނެރިފައިވާ ތްރީލައިން ވިޕާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތި ގަދަބާރުން ރިޔާސަތު ގައި އިންނެވުމަށް ކުރައްވާ މަސައްކަތަށް ފުރުސަތު ނުދެއްވާނެ ކަަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް 48 މެންބަރުންގެ ސޮޔާއެކު ދެވަނަ ފަހަރަށް ހުށަހަޅައިފައިވާއިރު، މައްސަލަ ބަލަައިގަނެ ރައީސް ނަޝީދަށް ފޮނުވި ނޯޓިސްގެ މުއްދަތު މާދަމާ އަށް ހަމަވާނެއެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 14 ދުވަހުގެ ނޯޓިސް ހަމަވެ އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއް ގައި އެ މައްސަލަ ކުރިއަށް ގެންދަން ޖެހެއެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައިފި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ދެން އެންމެ އަވަހަށް މަޖިލީހުގައި ކުރިއަށް ގެންދަން ޖެހޭނީ ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކަމަށާއި އަދި އެ ޖަލްސާ ނުބާއްވާ ނަމަ އެހެން އެއްވެސް މަސައްކަތެއް ކުރުމަށް އެއްބާރުލުން ނުދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާއަށް ވެސް އެއްބާރުލުން ދެވެން ނޯންނާނެ ކަމުގައި އަސްލަމް ވަނީ ވިދާޅުވެފައެވެ. 

މަޖިލީސް ހިންގަން ޖެހޭނީ ގަވާއިދާއި އެއްގޮތަށް ކަމަށާ އެ ނޫން ގޮތަކަށް މަޖިލީސް ކުރިއަށް ގެންދަން އެއްވެސް ބަޔަކަށް ފުރުސަތު ދީގެން މަޖިލީހުގެ މެޖޯރިޓީން ފުރުސަތު ދީގެން ނުވާނެކަމުގައި އަސްލަމް ވަނީ ވިދާޅުވެފައެވެ. 

އަޅުގަނޑުމެން ޖާގައެއް ނުދޭނަން މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ގެންދާ ކަށެެއް

އަސްލަމް 

މީގެ އިތުރުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله، އާދިއްތަ ދުވަހުގެ ޖަލްސާއަށް ވަޑައިނުގެން އެ ދުވަހު ޖަލްސާ ކުރިއަށް ގެންދަން ފުުރުސަތު ނުދޭން ރާވާފައިވާ ކަމަށް އެމްޑީޕީން ތުހުމަތު ކުރާއިރު ނަޝީދުގެ އިތުބާރުގެ މައްސަލަ އިތުރަށް ފަސްކޮށް އާންމު ޖަލްސާތައް ހޯމަ ދުވަހު ފަށަން މަޖިލީހުގެ އިދާރާ އިން މަސައްކަތް ކޮށްފާނެ ކަމަށްވެސް އެ ޕާޓީން ވަނީ ތުހުމަތު ކޮށްފައެވެ. 

މީގެ އިތުރުން އަސްލަމް ވިދާޅުވީ އެގޮތަށް އެކަން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ނަޝީދު ބޭނުންފުޅުވާ ގޮތަށް މަޖިލީހުގެ ގަވާއިދު މަނާކޮށް އެ މައްސަލަ ފަސް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

އަދި ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ދަރުބާރު ކުރިއަށް ގެންގޮސްފިނަމަ ރައީސް މުއިއްޒަކީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހުވާ ކުރައްވައިގެން ހުންނެވި ރައީސެއް ކަމުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނުބާލާނެ ކަމުގައިވެސް އަސްލަމް މިއަދު ވިދާޅުވިއެވެ. 

އަސްލަމްގެ ވާހަކަތަކަށް ތާއީދު ކުރައްވައި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުވެސް ވަނީ، އިތުބާރުގެ މައްސަލަ ނުނިންމާ ނޮވެންބަރު 17 ވަނަ ދުވަހު އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ޖަލްސާގެ ރިޔާސަތުގައި ނަޝީދަށް ނުއިންނެވޭނެ ކަމަށެވެ. އަދި އެގޮތުގައި އެ ޖަލްސާ ކުރިއަށް ގެންގޮސްފިނަމަ ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދޭނެ ކަަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އެ ޖަލްސާ އެހެން ކުރިއަށް ގެންދަވައިފި ކަމުގައިވާނަމަ އެ ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ކެބިނެޓާއި އެހެން ކަންކަމަށް އަޅުގަނޑުމެންނަށް ކަނޑައެޅިގެން ނޯ ޖަހާނީ އިނގޭތޯ. މިއީ ވަކި ޕްރޮސެސް އެއް އޮންނަ ކަމެއް،" ނާޝިޒު ވިދާޅުވި އެވެ. 

ކޮމެންޓް
ފަވާލާ
ހެލޯ ބޭބީ ޝާކް ރައްޔިތުންާ އިދިކޮޅުވަންޏާ ގެއަށް ކަނޑާލާ ކަލޭ
26 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ