ޣައްޒާ އަލްޖަޒީރާ އަރަބިކް ބިޔުރޯގެ ޗީފް ވާއިލް އަލްދާއޫދު. ފޮޓޯ: ޤުދްސް ނެޓްވޯކް
ދުނިޔެ
26 Oct 2023 | 10:26
އަލްޖަޒީރާގެ އިސް ނޫސްވެރިއެއް ކަމަށްވާ ވައީލްގެ ޢާއިލާ ޝަހީދުކޮށްލައިފި

އަލްޖަޒީރާގެ އިސް ނޫސްވެރިއެއް ކަމަށްވާ ވަޢީލް ދާއޫދްގެ ޢާއިލާ މެމްބަރުން ތަކެއް ޝަހީދުކޮށްލައިފިިއެވެ.

ފަލަސްޠީންގެ ނުސައިރަތް ރެފިޔުޖީ ކޭމްޕަށް އިޒްރާއިލުން ދިން ހަމަލާއެއް ވާއިލްގެ އާއިލާ ތިބި ގެއަށް ވަނީ އަމާޒުވެފައެެވެ. މިހަމަލާގެ ސަބަބުން ނޫސްވެރިޔާ ވާއިލްގެ އަނބިމީހާއާއި އަންހެންދަރިފުޅާއި ފިރިހެން ދަރިފުޅު އަދި ވާއިލްގެ ކާފަދަރިފުޅުވެސް ވަނީ ޝަހީދުވެފައެވެ.

އަލްޖަޒީރާއިން ވަނި ވާއިލްގެ ޢާއިލާ ޝަހީދު ކޮށްލުމުން އެކަން ކުށްވެރިކޮށްފައެވެ.

އަލްޖަޒީރާގެ ޢަރަބި ބަހުން ރިޕޯޓް ކުރާ ރިޕޯޓަރު ޠަމީރް އަލްމިއްޝަލް ވިދާޅުވީ ވާއިލްގެ ޢާއިލާ ޝަހީދުކޮށްލުމަކީ، އިޒްރާއިލުން ފަލަސްޠީންގެ ނޫސްވެރިންނަށް އަމާޒުކޮށްގެން ދޭ ހަމަލާ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކަމަށެވެ. ވާއިލް އަކީ ޣައްޒާގެ އަލްޖަޒީރާ ޢަރަބިކް ބިއުރޯގެ އެންމެ އިސް ނޫސްވެރިޔާއެވެ.

ޠަމީރް، ވާއިލް ސިފަ ކުރައްވާފައިވަނީ ޣައްޒާގެ އަޑުގެ ގޮތުގައެވެ.

“ވާއިލް އަކީ ނޫސްވެރިކަމުގެ ވަރުގަދަ ތަނބެއް، އޭނާ ވަނީ އިޒްރާއިލުން ނޫސްވެރިންނަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކާއި އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށްދޭ ހަމަލާތަކުގެ ވާހަކަތައް ވަރަށް ބޮޑަށް ގެނެސްދީފައި، ވާއިލް ވަނީ އިޒްރާއިލުން އޭނާއަށާއި އޭނާގެ އާއިލާއަށް ހުއްޓުމެއް ނެތި ދެމުންދިޔަ އިންޒާރުތަކަށް ނުބަލައި، އިޒްރާއިލްގެ ހައްދުފަހަނަ އެޅި ޔަހޫދީންގެ ހަމަލާތައް ރިޕޯޓްކޮށްފައި، ޣައްޒާގައި ވަމުންދާ ކަންކަން ދުނިޔެއަށް ކިޔައިދިނުމަށް ޓަކައި ޣައްޒާ ދޫކޮށް ދިއުމަށް ވާއިލް ވަނީ ދެކޮޅު ހަދައިފައި” ޠަމީރް އަލްޖަޒީރާއަށް ބުނެފައިވެއެވެ.

ޠަމީރް ބުނެފައިވަނީ އަދިވެސް ވާއިލްގެ އަޑު ދުނިޔެއަށް ފޯރު ކޮށްދޭނެ ކަމަށާއި، ޣައްޒާގައި ތިބި ރިޕޯޓަރުންގެ އަޑު ހުއްޓުމެއް ނެތި ދުނިޔެއަށް ފޯރުކޮށްދޭނެ ކަމަށެވެ.

ވާއިލް ގެ ޢާއިލާ ކުރިން ދިރިއުޅެމުންދިޔައީ ޣައްޒާގައެވެ. ޣައްޒާއަށް ދެމުން ދިޔަ ހަމަލާތަކާއި އެކު ޢާއިލާގެ އެހެން މެމްބަރުންނާއި އެކު ތިބުމަށްޓަކައި ވާއިލްގެ ޢާއިލާއިން ވަނީ ނުސައިރަތް ކޭމްޕަށް ދިރިއުޅުން ބަދަލު ކޮށްފައެވެ.

ރޭގެ ހަމަލާގައި ވާއިލްގެ އަނބިމީހާ އާއި ސީނިއަރ ހައި ސްކޫލްގައި ކިޔަވަމުން ދިޔަ އޭނާގެ ފިރިހެން ދަރިފުޅަކާއި، 7 އަހަރުގެ އަންހެން ދަރިފުޅަކާއި އޭނާގެ ކާފަ ދަރިފުޅު އާދަމް ވެސް ވަނީ ޝަހީދުވެފައެވެ. އަދި އޭނާގެ ޢާއިލާގެ އެހެން މެމްބަރުންވަނީ ވީނުވީއެއް ނޭނގިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.