އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ބަރުހަތިޔާރާއި އެކު ވަންނަނީ. ފޮޓޯ:އަލްޖަޒީރާ
ދުނިޔެ
26 Oct 2023 | 11:07
އިޒްރޭލުން ޣައްޒާއަށް ވައިގެ ހަމަލާދެމުން، ހުޅަނގު އައްސޭރީގައި މީހުން ހައްޔަރު ކުރަނީ

އިޒްރާއިލުން މެދުކެނޑުމެއް ނެތި ފަލަސްޠީނުގެ ޣައްޒާއަށް ބޮމާއި ރޮކެޓުގެ ހަމަލާތައް ދެމުންދާއިރު ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި މިލިޓަރީ ރެއިޑް ޖައްސައި މީހުން ހައްޔަރު ކުރަމުން އެބަދެއެވެ.

ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެ ގިނަ ބަޔަކު ޒަޚަމްވަމުން ދާއިރު އިޒްރާއިލްގެ ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި މިލިޓަރީ ރެއިޑް ޖައްސަމުން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އެގޮތުން ފަލަސްޠީނުގެ ކަމާއިބެހޭ އިދާރާތަކާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ 1200 އެއްހާ މީހުން ހައްޔަރުކޮށް އިޒްރާއިލްގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ހުޅަނގުނ އައްސޭރިން މީހުން ހައްޔަރުކުރަމުންގޮސް ރޭގައި ވަނީ ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަކޮށް ޝަހީދުވެފައިވާ ޢުމަރް ބަރްޣޫތީގެ އަނބިމީހާ އުއްމު އާސިފް ބަރްޣޫތިީ ހައްޔަރު ކޮށްފައެވެ. އޭނާއަކީ ޢުމުރުން ދުވަސްވެފައިވާ އަންހެނެކެވެ.

ހުޅަނގު އައްސޭރީގައި ރޭ ހިންގި މިލިޓަރީ ރެއިޑް ތަކުގައި ފަލަސްޠީނުގެ މިނިވަންކަމަށްޓަަކައި ހަނގުރާމަ ކުރަމުންދާ ޖަމާލް އަލް ޠަވީލްގެ ގެއަށް ވަދެ ބަލައި ފާސްކުރުމުގެ ނަމުގައި އެގެއަށް ގެއްލުންދީ ހަދައިފައިވެއެވެ.

ހުޅަނގު އައްސޭރީގައި ހިންގަމުންދާ މިލިޓަރީ ރެއިޑް ތަކުގައިވެސް ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.