އެމެރިކާގެ ރައީސް ޖޯ ބައިޑަން. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
26 Oct 2023 | 13:19
ފަލަސްޠީނުން ޝަހީދުވަމުންދާ މީހުން އަދާކުރަމުންއެދަނީ ހަނގުރާމަ ހިންގުމުގެ އަގު: ޖޯ ބައިޑެން

ފަލަސްޠީނުގައި ޝަހީދުވަމުންދާ މީހުން އެއަދާކުރަނީ ހަނގުރާމަ ރާވައި ހިންގުމުގެ އަގު ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ބުނެފިއެވެ.

ބައިޑަން ބުނެފައިވަނީ ފަލަސްޠީނުގެ ސަރުކާރުގެ އިދާރާތަކުން ހާމަކޮށްފައިވާ ޝަހީދުންގެ ނަންބަރުތަކަކީ ހަޤީޤަތް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އަދި މައުސޫމް ބަޔަކު ޝަހީދުވެފައި ވެދާނެ ކަމަށާއި، އެމަރުތަކުން އެއަދާ ކުރެެވެނީ ހަނގުރާމަ ފަށައި ހިންގުމުގެ އަގު ކަމަށެވެ.

ބައިޑަން މިހެން ބުނެފައިވަނީ އޮސްޓްރޭލިޔާގެ ބޮޑު ވަޒީރު އެންތޮނީ އަލްބަންސޭ އާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުންނެވެ.

އިޒްރޭލުން ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގެ ސަަބަބުން ޝަހީދުވި މީހުންގެ ޢަދަދާއި މެދުވެސް އެމެރިކާއިން ވަނީ ސުވާލު އުފައްދައިފައެވެ. އަހްލީ އަށް ދިން ހަމަލާގައި 500 އާއި ގާތްކުރާ ޢަދަދަކަށް މީހުން ޝަހީދުވި އިރު އެމެރިކާއިން ބުނީ ޝަހީދުވީ 300 އެއްހާ މީހުން ކަމަށެެވެ.

އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 6500 މީހުން ޝަހީދުވެފައިވާ އިރު އިޒްރާއިލުން ދަނީ ޣައްޒާގެ ޑޮކްޓަރުންނާއި ނޫސްވެރިންނަށާއި އެމީހުންގެ ޢާއިލާތަކަށް އަމާޒުކުރަން ފަށައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.