އަލް ދަހްރާ ނެއިބަރހުޑް އެއްކޮށް ބިމާއި ހަމަވެފައި. ފޮޓޯ: ރޮއިޓާސް
ދުނިޔެ
26 Oct 2023 | 14:20
ޚާން ޔޫނިސްގެ އަލް ދަހްރާ ނެެއިބަރ ހުޑަށް ދިން ހަމަލާގައި އެތަން ބިމާއި ހަމަވެއްޖެ

ފަލަސްޠީނުގެ ޚާން ޔޫނިސްގެ އަލް ދަަހްރާ ނެއިބަރހުޑަށް އިޒްރާއިލުން ދިން ހަމަލާގައި ޢިމާރާތް ބިމާއި ހަމަވެއްޖެއެވެ.

މިހަމަލާގެ ސަބަބުން ހަމީހަކު ޝަހީދުވެ ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ފަލަސްޠީނުގެ އިންޓީރިއާ މިނިސްޓްރީ އާއި ހަވާލާދީ ޤުދްސް ނިއުސް ނެޓްވޯކުން ބުނެފައިވެއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ހަމަލާ އަމާޒުވި ސަރަހައްދުން ލިބިފައިވާ ފުޓޭޖް ތަކުން ޢާންމުންނާއި އެމަޖެންސީގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރާ ތަން ފެންނަ ކަމަށާއި، ހަލާކުވެފައިވާ ޢިމާރާތުގެ ގާތައް ފުރޮޅައި ޢިމާރާތުގެ ދަށުން މީހުން ހޯދުމަށް މަސައްކަތް ކުރާމަންޒަރު ފެންނަ ކަމަށެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އަނިޔާވި މީހުންގެ ޢަދަދުވެސް ޝަހީދުވި މީހުންގެ ޢަދަދުވެސް އަދި ޔަޤީން ނުވާ ކަމަށެވެ.

އަދި ގެދޮރުގެއްލިފައިވާ މީހުން ދިރިއުޅެމުންދާ ވަގުތީ ހިޔަލަކަށް އަމާޒުކޮށްދިން ހަމަލާއެއްގައި ދެމީހަކު ޝަހީދުވެ ބަޔަކު ޒަޚަމްވެފައިވެއެވެ.

އޮކްޓޫބަރ 7ގައި އިޒްރާއިލުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު 6000 މައްޗަށް ވަނީ އަރައިފައެވެ. އެއީ ޣައްޒާ އިން ޝަހީދުވި 6546 މީހުންނާއި ހުޅަނގު އައްސޭރީގައި އިޒްރާއިލުން ހިންގަމުންދާ ޖަރީމާތަކުގައި ޝަހީދުވި 103 މީހުންނެވެ.

މީގެ އިތުރުން ޣަައްޒާއިން ޒަޚަމްވި މީހުންގެ ޢަދަދު 17439 އަށް ވަނީ އަރައިފައެވެ. ހުޅަނގު އައްސޭރިން ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 1836 އަކަށް އަރައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.