އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް-- ފޮޓޯ/ އަވަސް
ހަބަރު
26 Oct 2023 | 16:33
އިންތިޤާލީ އިންސާފުގެ އޮފީހުން ނިންމާފައިވާ ނިންމުންތަކެއް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

އިންތިޤާލީ އިންސާފުގެ އޮފީހުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ އަދަދެއްގެ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

"ވޮއިސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިގާލީ އިންސާފުގެ އޮފީހަށް މިހާތަނަށް ހުށަހެޅިވާ 452 މައްސަލަ ތަކުގެ ތެރެއިން ތަހުގީގުކޮށް ނުނިމި 279 މައްސަލަ އެބައޮތެވެ.

އަދި ތަހުގީގު ނިންމާފައިވާ 173 މައްސަލައެއް އޮތް އިރު، އޭގެ ތެރެއިން 72 މައްސަލަ އަކީ ރިޕޯޓް ފާސްކުރުމަށްފަހު ހުއްޓިފައިވާ މައްސަލަތަކެވެ. 

"ވޮއިސް" އަށް ލިބިފައިވާ މައުލޫމާތު ތަކުން އެނގޭ ގޮތުން، އެ އޮފީހުން މިހާރު މަސައްކަތް ކުރަމުންދަނީ، މިހާތަނަށް ގޮތެއް ނިންމައި، ރިޕޯޓު ފާސްކުރި މައްސަލަތަކުގެ ތެރެއިން 56 މައްސަލައެއްގެ ނިންމުން ބަދަލުކުރުމަށެވެ. 

މީގެ އެތައް މަސް ކުރިން، އޮމްބަޑްސްޕާސަނުންގެ ބައްދަލުވުމުން ގޮތެއް ނިންމާފައިވާ، އެތަކެއް ރައްޔިތުންގެ ހައްގުތަކާއި ގުޅޭ މައްސަލަތައް މީޑިއޭޝަނުގެ މަރުހަލާއަށް ނުފޮނުވައި، އެ މައްސަލަތައް ހިފަހަށްޓާފައިވާއިރު، އެ މައްސަލަ ތަކުގެ ނިންމުން ބަދަލު ކުރުމަށް އެ މައްސަލަތައް ބައްދަލު ވުންތަކަށް އެޖެންޑާ ކުރަމުންދާ ކަމަށް "ވޮއިސް" އަށް މައުލޫމާތު ލިބިފައިވެއެވެ. 

އެގޮތުން އޮމްބަޑްސްޕާސަންގެ ބައްދަލުވުމަށް އެ ހުށަހަޅާ މައްސަލަތަކާ ގުޅިގެން އޮމްބަޑްސްޕާސަނުން ދޭ ރައުޔައް ފަހުން ބަދަލުކުރުމާއެކު، ބައްދަލުވުމުގައި ކަން ހިނހި ގޮތާ މުޅިން ޚިލާފަށް ޔައުމިއްޔާތައް ލިޔެ، ނިންމުމުގެ ރިޕޯޓުތައް ބަދަލުކުރަމުންދާކަމަށް ވަނީ އެނގިފައެވެ. 

މީގެ އިތުރުން ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަންނަވާ އޮމްބަޑްސްޕާސަނެއް އެ ބައްދަލުވުންތަކަށް ހާޒިރުވެވަޑައިގެން ގޮތް ނިންމުމުގައި ބައިވެރިވެވަޑައިގެންނެވިކަމަށް ފެންނާނެ ގޮތަށް ރިޕޯޓުތަކަށް ބަދަލުގެނައުމުގެ މަސައްކަތްކޮށް ބެކްޑޭޓެޑުކޮށް ރިޕޯޓުތަކުގައި އޭނާ ލައްވައި ސޮއިކުރުވަމުންދާކަމަށާ އެ އޮފީހަށް ހުށަހެޅިފައިވާ ވަކި ބަޔަކާ ގުޅުން ހުންނަ މައްސަލަތަކަކީ އިސްކަންދޭ މުހިއްމު މައްސަލަތައް ގޮތުގައި ކަނޑައަޅައި އެ މައްސަލަތަކުގައި ވަކި ގޮތަކަށް ނިންމުމަށް ތަހުގީގުކުރާ އިންވެސްޓިގޭޓަރުންނަށް ފިއްތުންތައް ކުރިމަތިވަމުން އަންނަކަމަށް އޮމްބަޑްސްޕާސަން އޮފީހުގެ ފަރާތެއް ވޮއިސް އަށް މައުލޫމާތު ދީފައިވެއެވެ. 

އިންތިގާލީ އިންސާފުގެ އޮފީހަކީ ވޭތުވެދިޔަ 65 އަހަރު އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގަނެ ދައުލަތާއި މުވައްސަސާ ތަކުން ހިންގާފައިވާ މައްސަލަތަކަށް އިންސާފު ހޯދައިދިނުމުގެ ވައުދާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ޑިސެމްބަރު 17, 2020 ގައި އުފެއްދެވި އޮފީހެކެވެ.

ކޮމެންޓް
ނާއިމަ
ތީ އުވާލަންޖެހޭތަނެއް އިންސާފުގެ ކަންފުޅެއްވެސް ރައްޔިތަކަށް ލިބޭތަނެއްނޫން ފާޓީކުދިންނައްހަމައެކަނި އިންސާފް ލިބެނީ
27 Oct 2023
މަޙޭ
މަގޭ ޙައްގު ގެއްލޭގޮތައް ދުނިޔެމަތީ ބޭނުން ގޮތެއް ހެދިދާނެއެވެ، ހަންދާން ކުރައްޗެވެ، ގިޔާމަތް ދުވަހު ތިކަމާ ގޮތެއް ނިންމޭނެެއެވެ، ޝައްކެއްވެސް ނެތެވެ
27 Oct 2023
ގުޅޭ ލިޔުންތައް
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ