ބްރެޒިލްގެ ރައީސް ލުލަ ދެ ސިލްވާ. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
26 Oct 2023 | 16:27
އިޒްރާއިލުން ޣައްޒާގައި ހިންގަނީ ހަނގުރާމައެއްނޫން، ޤަތުލުޢާންމެއް: ބްރެޒިލްގެ ރައީސް

އިޒްރާއިލުން ޣައްޒާގައި ހިންގަމުންދަނީ ހަނގުރާމައެއް ނޫން ކަމަށާއި، ޤަތުލުޢާންމެއް ކަމަށް ބްރެޒިލްގެ ރައީސް ލުލާ ދެ ސިލްވާ ވިދާޅުވެއްޖެއެވެ.

ލުލާ ދެސިލްވާ ވިދާޅުވީ އިޒްރާއިލުން ޣައްޒާގައި ހިންގަމުންދަނީ ހަނގުރާމައެއް ނޫން ކަމަށާއި، އެކަމެއްގެ ސަބަބުން ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވަމުންދާ ޤަތުލުއާންމެއް ކަމަށެވެ.

“މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމަކީ ވަރަށް ޚައްސާސް ކަމެއް، މީގައި މިހާރު އޮތީ ސަބަބު ދެނެގަތުމެއް ނުވަތަ ގޯހީ ކޮންބައެއްތޯ ބެލުމެއް ނޫން، މިހާރު އޮތް މައްސަލައަކީ ހިނގަމުންދަނީ ހަނގުރާމައެއްނޫން ކަން، އެއީ ހަނގުރާމަޔާއި ބެހުމެއް ނެތް 2000 ކުޑަ ކުއްޖަކު ޝަހީދުވެގެން ގޮސްފައިވާ ޤަތުލުޢާންމެއް” ލުލާ ދެ ސިލްވާ ވިދާޅުވެފައިވެއެވެ.

ބްރެޒިލް އިން ތާއީދު ކޮށްފައިވަނީ ހަނގުރާމައިގެ ރަހީނުކޮށްފައިވާ މީހުން ދޫކޮށްލައި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދޭނެ މަގުތައް ހުޅުވާލުމަށެވެ.

ބްރެޒިލްގެ ރައީސް ބްރެޒިލްގެ ފެޑަރޭޝަން ކައުންސިލްގެ އިންސްޓޮލޭޝަންގެ ހަފްލަގައި ބައިވެރިވެ ދެއްކެވި ވާހަކަފުޅުގައި ފަަލަސްޠީނުގެ ޣައްޒަާގެ ބިމުގައި ތާށިވެފައި ތިބި 30 ހަކަށް ބްރެޒިލްގެ ރައްޔިތުން ރައްކާތެރި ކަމާއި އެކު އެތަނުްނ ބޭރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

އިޒްރާއިލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޝަހީދު ވެފައިވާ މީހުންގެ ޢަދަދު 6500 އިން މައްޗަށް ވަނީ އަރައިގެން ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.