މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
26 Oct 2023 | 16:29
ނަޝީދު ވަކިކުރާ ޖަލްސާ އާދިއްތަ ދުވަހު ބާއްވާނެކަން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ބާއްވާ ޖަލްސާ އާދިއްތަ ދުވަހު ބާއްވާނެކަން މެމްބަރުންނަށް އަންގައިފި އެވެ. 

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރުމަށް 49 މެމްބަރުންގެ ސޮޔާއެކު ހުށައަޅާފައިވަނީ އޮކްޓޫބަރު 8 ގައެވެ. އަދި އެފަހުން ނަޝީދަށް ވަނީ 14 ދުވަހުގެ ނޯޓިސް ވެސް ފޮނުވާފަ އެވެ. 

މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަވާ ތާރީހުގެ ފަހުން ދެން އެންމެ އަވަހަށް އޮންނަ ސަރުކާރު ބަންދު ނޫން ދުވަހެއްގައި އެ މައްސަލަ އެގެންޑާ ކުރަން ޖެހޭނެ އެވެ. 

އެގޮތުން އެ މައްސަލަ އާދިއްތަ ދުވަހަށް މަޖިލީހުގެ އިދާރާއިން އެޖެންޑާކޮށްފައިވާއިރު ޖަލްސާ އޮންނާނެކަމަށް އިދާރާއިން ވަނީ މެމްބަރުންނަށް އަންގާފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް 2 ގަޑިއިރަށް ކުރިއަށް ގެންދިއުމަށް މަޖިލީހުންގެ އާންމު ކޮމެޓީން ފާސްކޮށްފައިވާއިރު، ބަހުސް ނިންމުން އަދި މެދުތެރެއިން 10 މިނެޓުގެ 3 ފުރުސަތު ރައީސް ނަޝީދަށް ދެއްވުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އެމްޑީޕީގެ ޕީޖީން ވަނީ ނަޝީދުގެ ރިޔާސަތުގައި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހުވާ ކުރި ނަމަވެސް އެމަނިކުފާނުގެ ކެބިނެޓަށް ރުހުން މަޖިލީހުގެ ރުހުން ނުދޭނެކަމަށް ބުނެ އިންޒާރުދީފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ