ހަސަން ލަތީފު ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ސަން
ހަބަރު
27 Oct 2023 | 13:10
ރައީސް ނަޝީދުގެ މައްސަލަ އަލުން ވެއްދުމުން ހާމަވީ ރައީސް ޞާލިހުގެ ބޭވަފާތެރިކަން: ހަސަން

ރައްޔިތުންހެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށްފަހު، ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވުމުން އެ މައްސަލަ އަލުން މަޖިލީހަށް ވެއްދުމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ބޭވަފާތެރިކަން ހާމަވެގެންދާ ކަމަށް ދަ ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފު މިފަދައިން ވިދާޅުވެފައި ވަނީ ދަ ޑިމޮކްރެޓްސްއިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ހަސަން ލަތީފު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނަޝީދު ވަކިކުރުމަށް މަޖިލީހަށް އެންމެ ފުރަތަމަ އެމްޑީޕީން ހުށައެޅި މައްސަލަ އަނބުރާ ގެންދިޔަ ސަބަބަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަަސްލަމް ހަސަން ލަތީފުގެ އަރިހުގައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ވަކި ފަރާތަކަށް ނުޖެހުމަށް ނިންމާ ލިޔުމެއް ދިނުމަށް އެދުނުކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

އެފަހުން އެމްޑީޕީން އެދުނުގޮތަށް ލިޔުމެއް ދިނުމުން، ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވުމުން އަނެއްކާވެސް އެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، އެއީ ކުރިންވެސް އެކަން ކުރުމަށް ނިންމާފައި އޮތް ގޮތްކަމަށް މީޑިއާއަށް  މީޑިއާދެއްވި އިންޓަވިއުއެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވުމުން އެމްޑީޕީގެ ލީޑަޝިޕްގެ އިޚްލާސްތެރިކަމާއި މެދު ސުވާލު އުފެދޭކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

އެ ވާހަކައާއި ގުޅުވާ ހަސަން ލަތީފު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓސްއިން ކޮންމެ ގޮތަކަށް އަމަލުކުރި ނަމަވެސް، އަދި އެމްޑީޕީއަށް ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ރައީސް ނަޝީދުގެ މައްސަލަ އަނބުރާ މަޖިލީހަށް ވެއްދުމަށް ދުރާލާ އެމްޑީޕީން އޮތީ ރާވާފައި ކަމަށެވެ. އަދި އެމްޑީޕީން އެގޮތަށް އެކަން ކުރުމުން ރައީސް ޞާލިހުގެ ދެފުށް ދެގޮތް ކަމާއި، މަކަރުވެރިކަމާއި ބޭވަފާތެރިކަން ހާމަވެގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

"ވިދާޅުވީ ތިމަންނާމެން އޭރުވެސް އޮންނާނީ ނިންމާފައޭ އަލުން އެ މައްސަލަ ވައްދަން. މީ މި ދަންނަވާ ވާހަކައަކީ. ބޭވަފާތެރިކަމުގެ ވާހަކަ. މަކަރާއި ހީލަތުގެ ވާހަކަ، ރައީސް ޞާލިހުގެ އަސްލު ސިފަ އެ ނުކުތީ. އޭރު އަޅުގަނޑުމެންގެ ޕާޓީން ސިޓީ އެމްޑީޕީއަށް ދިން އިރުވެސް އެ މައްސަލަ އަނބުރާ ނެގިއިރުވެސް އޮތީ ނިންމާފަ ކަމަށް ރައީސް ޞާލިހު އެ ވިދާޅުވަނީ އެ މައްސަލަ އަހުން ވައްދަން. މީ މަކަރާއި ހީލަތުގެ ވާހަކަ މި ދައްކަނީ ރައީސް ޞާލިހުގެ"

ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާ ޕާސަން ހަސަން ލަތީފް

ހަސަން ލަތީފު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފަދަ ބޭވަފާތެރިއަކާއި އެކު ކުރިއަށް އޮތް ފަސް އަހަރު ކުރިއަށް ނުދިއުމަށް ރައްޔިތުން ނިންމި ނިންމުމަކީ މި ފަހުގެ ތާރީހުގައި ގައުމަށްޓަކައި ރައްޔިތުން ނިންމި އެންމެ ރަނގަޅު އަދި އެންމެ ވަރުގަދަ ނިންމުން ކަމަށެވެ. އަދި އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. 

އެމްޑީޕީގެ ރައީސް މަޖިލީހުގެ ރިޔާސަތުން އެމްޑީޕީން ބޭރުކުރަން އުޅެނީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން އަޑީގައި ތިއްބަވައިގެން ކުރައްވާފައިވާ ވައްކަންތައް ނަޝީދު ރިޔާސަތުގައި އިންނަވާ ފަޅާއަރުވާލައްވާނެކަމުގެ ބިރު އެ މެމްބަރުންނަށް އޮތުމުންކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

އޭގެ އިތުރުން އޭނާ ވަނީ އިންތިޚާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ހުންނަވާނެ ކަމަށާއި، އެކަމަށް ހުރަސްއެޅުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ނުވާނެކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް
ދިވެހި ޒުވާނުން
ހަސަނާ ކަލެޔާއި ނަޝީދު ދެމީހުން ހީކުރަނީ ތިދެން މާ ގައްޑާ ބައެއްކަމަށް ނޫން ދެން ގައްޑާ ވެގެން ތިބޭ
27 Oct 2023
ކުރެވިފާ
މިހާރު މިހާމަވަނީ ލަތީފުމެންނަކީ ތިމާމެން ބޭނުންވާގޮތަށްކަން އޮންނަން ބޭނުންވާ ބައެއްކަން. ޑިމޮކްރަސީގެ ހަމަތައް ބަލައިގަންނަ ބައެއް ނޫންކަން. މެޖޯރިޓި - މައިނޯރިޓީ. ދެން އިނދެގެން ނުވާނެދޯ
27 Oct 2023
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ