އަލީ އާޒިމް ދަ ޑިމޮކްރެޓސްގެ ޖަލްސާގައި ވާހަކަދައްކަވަނީ
ހަބަރު
27 Oct 2023 | 13:45
ރައީސް ނަޝީދު ވަތްކެއް ނުކުރެވޭނެ، އެމްޑީޕީ އެދަނީ އަނެއްކާ ވެސް ބަލިވާން: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެރޭ ދަ ޑިމޮކްރެޓްސްއިން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ރިޔާސީ އިންތިޚާބުން ސަރުކާރު ހިންގާ މައި ޕާޓީ ބަލިވުމަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. 

ރިޔާސީ އިންތިޚާބުން ބަލިވުމުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށައަޅައިގެން އުޅޭ ހަމައެކަނި ސަބަބަކީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ހިތްޕުޅަށް ތަސައްލީއެއް ހޯއްދަވާދެއްވުމަށް ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށައަޅާފައި ވަނީ އެމީހުންގެ އަތުގައި މަޖިލީހުގެ މެޖޯރިޓީ އޮތީތީ ކަމަށެވެ. އެ މައްސަލަ އަކީ ގާނޫނީ ގޮތުން ބަލާއިރު ހުށައެޅޭނެ މައްސަލައެއް ނޫން ކަމަށާއި، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގާނޫނީ ހަމައެއްވެސް ނެތްކަމަށް އާޒިމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ކުޅޭ ކުޅޭ ކަމަކަށް ހަދައި، އިރު އިރުކޮޅާ ހުށައަޅާފަ އަނބުރާ ގެންގޮސްފަ، އެހެން ހެދޭނެ ކަމަކަށްވުރެ ހައްސާސް ކަމެއް ކަމަށެވެ. 

އެހެންކަމުން، އެމްޑީޕީން މިހާރު އެކަން ކުރަން އުޅޭގޮތަށް މަޖިލީހުގެ ރިޔާސަތުން ނަޝީދު ވަކި ނުކުރެވޭނެ ކަމަށާއި، އެ މަސައްކަތް ކުރަން އުޅެގެން އަނެއްކާވެސް އެމްޑީޕީއަށް ކުރިމަތިލާން ޖެހޭނީ ނާކާމިޔާބީއާއި ކަމަށް އާޒިމް ވިދާޅުވި އެވެ. 

"އެމްޑީޕީ އަނެއްކާވެސް ތިދަތީ ބަލިވަން. ބޮޑުތަނުން ބަލިވާން ތިދަނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަޖިލީހުގއި ތިބެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރަން ތި ހުށައަޅާފައި އޮތް ހުށައެޅުން ބަލައިގަނެގެންނެއް ވަކިކުރެވޭނެ އެއްވެސް ގޮތެއް ނެތް. އެ ފުރުސަތެއް އަޅުގަނޑުމެނެއް ނުދޭނަން"

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އާޒިމް ވަނީ ޤާނޫނާއި ގަވައިދުތަކަށް ރުޖޫއަވުމަށް އެމްޑީޕީއަށް ގޮވާލައްވާފަ އެވެ. އަދި ރިޔާސީ އިންތިޚާބުން ބަލިވުމުން، އެ ބަލި ގަބޫލުކޮށް ކުރިއަށް ދިއުމަށް ވެސް އެމްޑީޕީއަށް ގޮވާލައްވާފަ އެވެ. 

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީން އަމަލުކުރަމުންދާ ގޮތް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. އަދި އެމްޑީޕީއަށް އެމީހުންގެ މަގްސަދު ހާސިލްވިޔަ ނުދެއްވާނެ ކަމަށާއި، މަޖިލީހުގެ ރިޔާސަތުން ނަޝީދު ވަކިނުކުރެވޭނެ ކަމަށް ތަކުރާރުކޮށް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް