އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ބްލޫމްބާގް ޓީވީއަށް އިންޓަވިއު ދެއްވަނީ--
ހަބަރު
27 Oct 2023 | 22:42
"ދިވެހިން ތިބީ ފަލަސްތީނާއިއެކު؛ މިނިވަން ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރަން ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ"

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުވެ އެ ގައުމުގެ ވެރިރަށަކީ ޤުދުސް ކަމުގައި ހެދުމަށް ދިވެހިރާއްޖެއިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ކުރިއަށް އޮތް ތަނުގައި ދެމުންދާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބްލޫމްބާގް ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެ ނޫހުގެ ރިޕޯޓަރު ވަނީ، ފަލަސްތީން އާއި ދެކޮޅަށް ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގައި މުޢިއްޒު ހުންނެވީ ކޮން ކޮޅެއްގައިތޯ އަހާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިހާރު އިންތިޚާބީ ރައީސް ވިދާޅުވީ ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނުގެ  ރައްޔިތުންނާއެކު ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޤުދުސަކީ ވެރިރަށުގެ ގޮތުގައި އޮންނަ، އަމިއްލަ މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމުގެ ފުރިހަމަ އިޚުތިޔާރު ފަލަސްޠީނު ރައްޔިތުންނަށް އޮންނަންވާނެ ކަމުގައި އެމަނިކުފާނާއި ދިވެހިރައްޔިތުން ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

1967 ވަނަ އަހަރުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ގުދުސް އަކީ ވެރިރަށް ކަމުގައި އޮންނަ، މިނިވަން މުސްތަގިއްލު ފަލަސްޠީނެއް، އޮތުމަކީ އެމީހުންގެ ހައްގެއް. އެއީ ދިވެހިންގެ ސްޓޭންޑް. އަދި އެކަން މުސްތަގުބަލްގައި ހާސިލް ކޮށްދިނުމަށް އަޅުގަނޑުމެން ފުރިހަމަ އެއްބާރުލުން ދޭނަން. 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

މިއާއެކު ޑރ.މުޢިއްޒު ވިދާޅުވީ ހުރިހާ އެންމެނަށްވެސް އަމިއްލަ ކަންކަން ނިންމުމުގެ ފުރިހަމަ އިޚުތިޔާރު ލިބިގެންވާ ކަމަށާއި، ފަލަސްޠީނު ރައްޔިތުންނަށްވެސް އެ ޙައްޤު އޮންނާނެކަން ޤަބޫލުކުރުމަކީ ޒަމާނުއްސުރެ ރާއްޖެއިން ދަމަހައްޓަމުން އައި ސިޔާސަތެއްކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެ ސިޔާސަތު ދަމަހައްޓަވާނެ ކަމަށެވެ.

މުޢިއްޒުގެ ވާހަކަފުޅާއި ގުޅިގެން، ރިޕޯޓަރު ވަނީ ފަލަސްޠީނު އިސްރާއީލު މައްސަލައިގެ ސަބަބުން ރާއްޖޭގައި ހައްދުފަހަނައެޅުން ފެތުރި އިތުރުވެދާނެތޯ އާއި އެކަމާއި ގުޅިގެން އެމަނިކުފާނުގެ އެއްވެސް ކަންބޮޑުވެލެއްވުމެއް އޮތް ތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ.މުޢިއްޒު ވިދާޅުވީ އެ މައްސަލައަކީ ހުރިހާ ޤައުމެއްގައިވެސް އޮތް މައްސަލައެއްކަމަށާއި، އެއީ ފަލަސްޠީނުގެ މައްސަލައާ ގުޅުންހުރި ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ހަރުކަށިފިކުރު ފެތުރުން ހުއްޓުވޭނީ އިސްލާމްދީން އޭގެ އަސްލު ގޮތުގައި ރައްޔިތުންނަށް އުނގަންނައި ދީގެން ކަމަށާ، އެމަނިކުފާނު މަސައްކަތް ކުރައްވާނީ އެމަގުން ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

"ހަރުކަށި ފިކުރުގަ މީހުންނަށް ރަނގަޅު އިސްލާމްދީން ބުނެދީ، އެއީ ސުލްހައިގެ ދީންކަމާއި އެންމެނަށް އިހުތިރާމުކޮށް ހައްގުތަކަށް ރައްކާތެރިވުމުގެ ދީންކަން ބުނެދީ އެމީހުން އިސްލާމްދީނުގެ ރަނގަޅު އުސޫލުތަކަށް އިއާދަކުރަން އަޅުގަނޑު ބޭނުމީ. އަޅުގަނޑު ދެކޭ ގޮތުގައި އެންމެންވެސް ރަނގަޅު މަގަށް ރުޖޫއަކުރެވޭނެ،" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މުޢިއްޒު ވަނީ އެއް ބަޔަކު އަނެއްބައެއްގެ ހައްގުތަކަށް އިހުތިރާމުކުރާ، ސުލްހަވެރި މުޖުތަމައެއް ޤާއިމުކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.