އިންދޮނީސީ ހޮސްޕިޓަލުގެ ގޯތި ތެރެއަށް ހަމަލާދީފައިވާ ތަން. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
28 Oct 2023 | 10:05
އިޒްރާއިލްގެ ހަމަލާއެއް އިންދޮނީސީ ހޮސްޕިޓަލަށް

ފަލަސްޠީނުގެ ޣައްޒާގެ ހޮސްޕިޓަލެއް ކަމަށްވާ އިންދޮނީސީ ހޮސްޕިޓަލަށް އިޒްރާއިލުން ހަމަލާއެއް ދީފިއެވެ.

އިޒްރާއިލުން ރޭ ޣައްޒާއަށް އާދަޔާ ޚިލާފަށް ނުރައްކާތެރި ހަމަލާތަކެއް ދިން އިރު، އިންދޮނީސީ ހޮސްޕިޓަލަށް ދިން ހަމަލާ އަރަފައިވަނީ އެހޮސްޕިޓަލުގެ ގޯތިތެރެޔަށެވެ.

މިހަމަލާގައި އެއްވެސް މީހަކު ޝަހީދުވެ އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

އިންދިނީސީ ހޮސްޕިޓަލަކީ އަނިޔާވެފައިވާ އެތައް ބަޔަކު ފަރުވާ ހޯދަމުންދާ އަދި ގެދޮރު ގެއްލިފައިވާ އެތައްބަޔަކު ބޯހިޔާ ވަހިކަން ހޯދަމުން އަންނަ ތަނެކެވެ.

ރޭ އިޒްރާއިލުން ޣައްޒާއަށް ދިން ހަމަލާތަކުގެ ސަބަބުން ޣަައްޒާގެ މުވާސަލާތީ ގުޅުން މުޅިން ކަހަލަ ގޮތަކަށް ވަނީ ކެނޑިފައެވެ.

ރޭ އިޒްރާއިލުން ދިން ހަމަލާތަކުގެ ސަބަބުން މުވާސަލާތީ ޚިދްމަތްތަކަށް ބުރުއަރައި ހަމަލާތަކުގައި އަނިޔާވި މީހުންނާއި ހަމައަށް ވާސިލްގެ އެމީހުންނަށް އަވަސް ފަރުވާ ދިނުމަށް ދަތިވެފައިވާ ކަމަށް ފަލަސްޠީނުގެ ޕެރަމެޑިކުން ވަނީ ބުނެފައެވެ.

އިޒްރާއިލުން ރޭ ޣައްޒާއަށް ދިން ހަމަލާތަކުގެ އިޙްސާސްތައް މިޞްރުގެ އާރިޝް ސްޓޭޓަށް ކުރެވިފައިވާ ކަމަށް އެސްޓޭޓުގެ މީހަކު ސޯޝަލް މީޑީއާގައި ބުނެފައިވެއެވެ. އާރިޝް އަކީ ޣައްޒާއާއި 80ކިލޯ މީޓަރު ދުރުގައި އޮންނަ ސްޓޭޓެކެވެ.

ރޭގެ ހަމަލާތަކުގައި އިޒްރާއިލުން ފޮސްފަރެސްގެ އިތިުރުން ބައިނަލް އަޤްވާމީ މުވާހަދާ ތަކުން މަނާ ކޮށްފައިވާ އެހެނިހެން މަނާ ހަތިޔާރުތައް ވެސް ބޭނުން ކޮށްފައިވާ ކަމަށް ކަމަށް ޤުދްސް ނެޓްވޯކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.