ކްރިމިނަލް ކޯޓުގެ ބޭރު/ ފޮޓޯ: ސަން ފޮޓޯ
ހަބަރު
28 Oct 2023 | 16:32
މީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތު އޮތް ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް

މީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް 15 ދުވަހުގެ ބަންދު މުއްދަތު ޖަހައިފި އެވެ. 

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް ވާ އުމުރުން 37 އަހަރުގެ މުހައްމަދު އާރިފް ހޮސައިން އެވެ. 

އެމީހާ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ. 

އޭނާ ބަންދުކުރުމަށް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ އޭނާ އަކީ ސައްހަ ލިޔެކިޔުންތައް ނެތި ގަވައިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ މީހަކަށް ވާތީ އާއި، އަދި އޭނާ ދޫކޮށްލާފައި ހުރި ކަމަށް ވާނަމަ ރާއްޖެއިން ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށެވެ. 

އެހެން ކަމުން އޭނާއަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ދީފައިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. 

މީހަކު ރަހީނުކޮށް އަނިޔާކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ހައްޔަރުކޮށްފައިވާއިރު، އެމީހާ އާއި އިތުރު ބަޔަކު ގުޅިގެން ރަހީނުކުރި މީހާއަށް އަނިޔާކުރާ މަންޒަރު ފެނިގެންދާ ވީޑިއޯއެއް ހެކީގެ ގޮތުގައި ފުލުހުން ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ
09 Jul 2026
ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ، ސިންތެޓިކް ކެތިނޯން އެވެ
09 Jul 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސްދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ
09 Jul 2026
މާލެސިޓީ ކައުންސިލްގެ އޮޑިޓެއް، ރަޖިސްޓްރީ ނެތުމާއި ކޯޓޭޝަން ހޯދުމުގައި ބޮޑެތި އޮޅުވާލުންތަކެއް
އޮޑިޓްގައިވާގޮތުން މާލެސިޓީ ކައުންސިލަށް ބޭނުންވާ ހިދުމަތްތައް ހޯދުމާއި، ރަޖިސްތްރީ ހައްދައިދިނުމާއި އަދި ހަރުމުދާ ބެލެހެއްޓުމުގައި އޮޅުވާލުންތަކެއް ހިނގާފައިވާކަން ވަނީ ފާހަގަކޮށްފައެވެ