ހުޅަނގު އައްސޭރީގައި ރޭ އިޒްރާއިލުން ހިންގައިފައިވާ ޖަރީމާތައް. ފޮޓޯ: ޤުދްސް ނެޓްވޯކް
ދުނިޔެ
28 Oct 2023 | 10:28
ހުޅަނގު އައްސޭރީގެ ގެތަކަށް އިޒްރާއިލުން ގެއްލުންދެނީ

ފަލަސްޠީނުގެ ޣައްޒާއަށް ހުއްޓުމެއްނެތި ވަަރުގަދަ ހަމަލާތައް އިޒްރާއިލުން ދެމުންދާއިރު، ހުޅަނގު އައްސޭރީގެ އަވަށްތަކުގެ ގެތަކަށް އިޒްރާއިލްގެ ޔަހޫދީން ބުލް ޑޯޒަރުތަކުން ގެއްލުން ދެމުން އެބަގެންދެއެވެ.

އެގޮތުން ރޭ އިޒްރާއިލުން ވަނީ ހުޅަނގުއައްސޭރީގެ ނާބުލުސްގައި އޮންނަ ޒަވްތާ އަވަށަށް އެބައިމީހުންގެ މިލިޓަރީ ޖީޕް ތަކާއި އެކު ވަދެގަނެފައެވެ. އެއަވަށަށް ވަދެ އެއަވަށުގެ ގެތަކަށް ވަނީ ގެެއްލުންދީފައެވެ.

މީގެ އިތުރުން ރާމައްﷲއަށް ވަދެ އަލް ޖަލާޒޫން ރެފިޔުޖީ ކޭމްޕަށް ބުލްޑޯޒަރުތަކާއި އެކު ވަދެގަނެ އެކޭމްޕަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީ އެތަން ވަނީ ފުނޑު ފުނޑު ކޮށްލައިފައެވެ.

އަލް ޖަޒާލޫން ރެފިޔުޖީ ކޭމްގައި ހުންނަ ހަމާސްގެ އެކްޓިވިސްޓް އަދި އިޒްރާއިލްގެ ޖަލުގައި ހުރި ބައެޖޭސް ނަޙާލާގެ ގެއަށް ބޮޑެތި ގެއްލުންތަކެއްދީ އެގެ ވަނީ ބޭނުންނުކުރެެވޭ ވަރަށް ހަލާކު ކޮށްލައިފައެވެ.

ހުޅަނގު އައްސޭރީގެ ތެރެއަށް ވަދެ ގަނެ އިޒްރާއިލުން ބޮޑެތި ގެއްލުން ތަކެއް ދީފައިވާއިރުވެސް ރޭ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގެ ރައްޔިތުން ވަނީ ޣައްޒާގައި އިޒްރާއިލުން ރޭ ދިން ހަމަލާތަކާއި ގުޅިގެން ޣައްޒާގެ ރައްޔިތިުންނާއި އެކު ތިބި ކަން ދައްކުވައިދިނުމުގެ ގޮތިުން މަގުތަކަށް ނުކުމެފައެވެ.

އެގޮތުން ނާބުލްސް، ތުލްކަރަމް، ޖެނީން އަދި ތުއްބާސްގައި ގިނަ ބަޔަކު ފަތިސް ނަމާދުގެ ޖަމާޢަތް ހަދައިފައިވަނީ މަގުމަތީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.