ފާރިޝް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: އިންޓަނެޓް
ހަބަރު
28 Oct 2023 | 11:50
ބަލިކަށިކަމަށް ފެނުނަސް، އަނިޔާ ލިބެމުންދާ މީހުން ތެދުވެ އަދި ކުރި ހޯދާނެ: ފާރިޝް

ޔަހޫދީ އިޒްރާއިލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި އަނިޔާ ލިބެމުންފާ ފަލަސްތީނުގެ ރައްޔިތުން ބަލިކަށިވަމުންދާކަމަށް ފެނުނަސް، އެމީހުން އަދި ތެދުވެ ޔަހޫދީންގެ މައްޗަށް ކުރި ހޯދާނެކަމަށް ފާރިސް މައުމޫނު ވިދާޅުވެއްޖެ އެވެ. 

ފާރިޝް މިފަދައިން ވިދާޅުވެފައި ވަނީ ފަލަސްތީނު މިނިވަންކުރުމަށްޓަކައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މަސައްކަތްތަކަށާއި،އިޒްރާއިލް ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އެ ރައްޔިތުންނަށް ލިބެމުންދާ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކަށް އިޝާރާތްކުރައްވާ އެކްސް ކޮމްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

ފާރިޝް ވިދާޅުވީ އިޒްރާއިލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ފަލަސްތީނުގެ ޖީލުތަކަށް ނަފްސާނީގޮތުން ކުރާނެ އަސަރުތައް ޒަޔަނިސްޓުންނަށް ނުވަލަ އިޒްރާއިލްގެ ހަރުކަށި ޖަހޫދީ ޖަމާއަތްތަކަށް ތާއީދުކުރާ ފަރާތްތަކަށް އެނގެން ޖެހޭ ކަމަށެވެ. 

މުއާސަލާތީ ގޮތުން ދުނިޔެ ގުޅި ލާމެހިފައިވާއިރު، އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގެ މަންޒަރުތައް ދުނިޔޭގެ ކޮންމެ ބިތެއްގައި ހުންނަ ކޮންމެ މީހަކަށް ވެސް ފެނިގެންދާނެ ކަމަށާއި، އެ މަންޒަރުތަކަކީ ހަނގުރާމައިގެ ތަޖުރިބާ ކުރެވޭ މީހުންގެ އިތުރުން، އެ މަންޒަރުތައް ފެންނަ ކޮންމެ މީހަކަށް ވެސް އަސަރުކުރާނެ މަންޒަރުތަކެއް ކަމަށް ފާރިޝް ވިދާޅުވި އެވެ. 

ފާރިޝް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ އަސަރު ޖީލުތަކަށް ދެމިގެންދާނެ ކަމަށެވެ. މިހާރުގެ މަންޒަރުތަކަށް ބަލާއިރު، އެ ރައްޔިތުން ބަލިކަށިވަމުން އަންނަ ކަމަށް ބަޔަކަށް ހީވި ނަމަވެސް، އެ މީހުން އަދި ތެދުވެ، އެމީހުންނަށް އަނިޔާވެރިވަމުންދާ މީހުންގެ މައްޗަށް ކުރި ހޯދާނެކަމީ ޔަގީން ކަމެއް ކަމަށް ފާރިޝް ވިދާޅުވި އެވެ. 

އިޒްރާއިލުން ވަނީ ފަލަސްތީނުގެ މުއާސަލާތީ ޚިދުމަތްތައް މުޅިން ކަނޑާލާ ހުއްޓުމެއްނެތި ބޮންއަޅާ ބޮޑެތި ގެއްލުންތަކެއް ފަލަސްތީނަށް ދީފައެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ