ދިވެހިންގެ ނަމުގައި ޣައްޒާއަށް ހަދިޔާ ކޮށްފައިވާ އެމްބިޔުލާންސްއެއް. ފޮޓޯ:އައިއޭސީ
ދުނިޔެ
28 Oct 2023 | 14:02
ދިވެހިންގެ ލޯތްބާއެކު ހަދިޔާ ކުރި އެމްބިޔުލާންސް މިއަދުވެސް ޣައްޒާގެ ޚިދްމަތުގައި!

ދިވެހިންގެ ލޯތްބާއި އެކު 2021 ވަނަ އަހަރު ޣައްޒާއަށް ހަދިޔާ ކުރި އެމްބިޔުލާންސް މިއަދުވެސް ޣައްޒާގެ ރައްޔިތުންގެ ޚިދްމަތަށް ބޭނުން ކުރެެވެމުން ދާ ކަމަށް އައިއޭސީ އިން ބުނެފިއެވެ.

އައިއޭސީ އިން ބުނެފައިވަނީ މިއަދުވެސް اللهގެ އިރާދަފުޅާއިއެކު އެ ދެ އެމްބިޔުލާންސް ޣައްޒާގެ ތެރޭގައި ހަރަކާތްތެރި ވަމުން އެބަދާކަމަށެވެ.

“ޣައްޒާގެ ރައްޔިތުން މިއަދު އެންމެ ބިކަ ހާލުގަ ޖެހެމުންދާ ވަގުތު, ދިވެހިންގެ އެފަދަ އެހީއެއް އެގޮތަށް ހަރަކާތްތެރި ވުމަކީ ހިތަށް ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބޭ ކަމެއް” އަ

އިއޭސީއިން ބުނެފައިވެއެވެ.

އިޒްރާއިލުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ވަރުގަދަ ހަމަލާތައް ދެމުން އަންނައިރު އައިއޭސީގެ ވޮލެންޓިއަރުން ދަނީ ހިތްވަރާއި އެކު ފުރާނަ އަތްމައްޗަށް ލައިގެން ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

އައިއޭސީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގުދުރަތީ ކާރިސާތަކުގެ ސަބަބުން ނުވަތަ ހަނގުރާމަ ނުވަތަ އެހެންވެސް ސަބަބުތަކާއި ގުޅިގެން ޙާލުގައި ޖެހޭ ނުވަތަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ދިވެހިންގެ ދީލަތި އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ދިވެހިންގެ ޒުވާން ވަރުގަދަ ޓީމެކެވެ.

އައިއޭސީ އުފެދިގައިވަނީ އެހީ ޖަމިއްޔާ އާއި ރާއްޖޭގެ އިތުރު 120 ޖަމިއްޔާ ޖަމާޢަތަކާއި ގުޅިގެނެވެ.

އައިއޭސީ އިން ވަނީ އެކިއެކި ސަބަބު ތަކާއި ހުރެ ޙާލުގައި ޖެހި އެހީ އަށް ބޭނުންވެފައި ތިބި އެތައް ބަޔަކަށް ކާމިޔާބު ކަމާއި އެކި ދިވެހިންގެ ދީލަތި އެހީ ފޯރުކޮށްދީފައެވެ. ބަޔަކު އެކަން ކަން އޮޅުވައިލައި ދޮގު ވާހަކަ ތަކެއް ފަތުރަމުން ދިޔަ ނަމަވެސް އައިއޭސީ އިން ވަނީ ދިވެހިންގެ އިތުބާރު ހޯދައިފައެެވެ.

ރޭ އިޒްރާއިލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ މުވާސަލާތީ ގުޅުން މުޅިން ހެން ކެނޑުމާއި އެކު އައިއޭސީގެ މަސައްކަތުގައި އުޅޭ ވޮލެންޓިއަރުންނާއި ގުޅުން ކެނޑިފައިވާ ކަމަށް އައިއޭސީ އިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.