ރަޖަބް ޠައްޔިބް އުރްދުޣާން. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
28 Oct 2023 | 16:22
ހަމަބުއްދިއަށް އެނބުރި އައިސް، ހަމަލާތައް ހުއްޓާލުމަށް އުރްދުޣާން އިޒްރާއިލަށް ގޮވާލައްވައިފި

އިޒްރާއިލުން ހަމަބުއްދިއަށް އެނބުރި އައިސް ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް ހުއްޓާލުމަށް ތުރިކީ ވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ގޮވައިލައްވައިފިއެވެ.

އުރްދުޣާން ވިދާޅުވެފައިވަނީ އިޒްރާއިލް ވަނީ ހަމަ ބުއްދި ފިލައި ގޮއްސައިކަމަށެވެ. އަދި އެކަމުން އަރައިގަނެ ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް ހުއްޓާލުމަށް އުރްދުޣާން ގޮވައިލައްވައިފައިވެއެވެ.

“އިޒްރާއިލުން ރޭ ޣައްޒާއަށް ދިން ބާރުގަދަ ހަމަލާތައް އަނެއްކާވެސް އަންހެނުންނާއި ކުޑަކުދިންނާއި ކުށެއްނެތް ޢާންމުންނަށް ވަނީ އަމާޒުކޮށްފައި، އަދި އެކަމުގެ ސަބަބުން އިންސާނީ މުޞީބާތް މިވަނީ ބޮޑުވެފައި” އުރްދުޣާން ވިދާޅުވެފައިވެއެވެ.

އިޒްރާއިލުން ރޭ ވަނީ ޣައްޒާއަށް އާދަޔާ ޚިލާފު ބާރުގަދަ ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ. އެހަމަލާތަކުގެ ސަބަބުން ޣައްޒާގެ މުވާސަލާތީ ގުޅުން މުޅިންހެން ވަނީ ކެނޑިފައެވެ.

އެއާއި ގުޅިގެން ހަމަލާތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ހޯދުމަށް އެދި ހޮސްޕިޓަލް ތަކާއި އަވަސްފަރުވާ ދޭ ފަރާތްތަކަށް ވަނީ ގުޅޭ ގޮތް ނުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.