ރޭގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތެއް. ފޮޓޯ: ސައުންޑް އޮފް ޣައްޒާ
ދުނިޔެ
28 Oct 2023 | 16:44
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޝަހީދުންގެ ޢަދަދު 7326 އަށް އަރައިފި

ފަލަސްޠީނަށް އިޒްރާއިލުން މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލާތަކިގައި ޝަހީދުކޮށްލި މީހުންގެ ޢަދަދު 7326 އަށް އަރައިފިއެވެ.

“ވޮއިސް”އަށް އެންމެ ފަހުން ލިބުނު އަދާހަމަތަކުން ދައްކާގޮތުން ޝަހީދުންގެ ޢަދަދު މިހާރު ވަނީ 7326 އަށް އަރައިފައެވެ.

އޭގެ ތެރެއިން 3038 ޝަހީދުންނަކީ ކުޑަކުދިންނެވެ. އަދި 1792 އަންހެނަކުވެސް ޝަހީދުންގެ ތެރޭގައި ވެސް ހިމެނެއެވެ.

އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި 18967 މީހަކު ވަނީ ޒަޚަމްވެފައެވެ.

މީގެ އިތުރުން ވެއްޓިފައިވާ ޢިމާރާތްތަކިގެ ދަށުގައި 2000 މީހުން ވަނީ ވީނުވީއެއް ނޭގިފައެވެ. އޭގެ ތެރެެއިން 1000 ޚިއްސާ ކުރަނީ ކުޑަކުދިންނެވެ.

ރޭގެ ހަމަލާތަކަށްފަހު އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފައިވަނީ ރެޔަކީ ޣައްޒާގެ ޙާލަތު އެންމެ ގޯސްކޮށް ދިޔަ ރޭ ކަމަށް ބުނެފައެވެ.

ރޭގެ ހަމަލާތަކިގައި އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާއިރު ޢަދަދުތައް ޔަޤީންކޮށް ބުނާކަށް އެއްވެސް ފަރާތަކަށް އެނގިފައެއް ނުވެއެވެ. އަދި ޒަޚަމްވީ މީހުންނަށް ފަރުވާ ދިނުމަށް ދާނެ ވަކި ދިމާއެއް ޕެރަމެޑިކްސްއަށްވެސް ވަނީ ނޭގިފައެވެ.

ރޭެގެ ހަމަލާތަކިގައި މީހުން ދިރިއުޅޭ 100 ޢިމާރާތެއް ބިމާއި ހަމަވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.