ރާއްޖޭެގ ކުރީގެ ރައީސް ރައީށް މައުމޫން ޢަބްދުލް ޤައްޔޫމް
ހަބަރު
28 Oct 2023 | 16:46
ފަލަސްޠީނަށް ހަމަލާދޭއިރު ބައިނަލް އަޤްވާމީ މުޖްތަމަޢު ކޮބައިތޯ: ރައީސް މައުމޫން

ފަލަސްޠީނަށް މެދުކެނޑުމެއް ނެތި ހަމަލާ ދެމުންދާއިރު ބައިނަލް އަޤްވާމީ މުޖްތަމަޢު ކޮބައިތޯ ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރައްވައިފައިވާ ޓްވީޓެއްގައެވެ.

ރައީސް މައުމޫން ވިދާޅުވީ ރެޔާއި ދުވާލު މެދު ނުކެނޑި އިޒްރޭލުން ޣައްޒާއަށް އެދަނީ ބޮން އަޅައި ތަފާތު ޙަމަލަތައް ދެމުން ކަމަށެވެ.

“ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުވަމުން އެދަނީ، ތިޔަ ވިދާޅުވާ ބައިނަލް އަޤްވާމީ މުޖުތަމަޢު ކޮބައިތޯ” ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

މި އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން އިޒްރާއިލުން ދަނީ ޣައްޒާއަށް ހަމަލާދެމުންނެވެ. މިހަމަލާ ތަކުގެ ސަބަބުން ޝަހީދުވީ މީހުންގެ ޢަދަދު 7326 އަށް ވަނީ އަރައިފައެވެ.

އޭގެ ތެރޭގައި 3038 ޝަހީދުންނަކީ ކުޑަކުދިންނެވެ. އަދި 1792 އަންހެނަކުވެސް ޝަހީދުންގެ ތެރޭގައި ވެސް ހިމެނެއެވެ.

އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި 18967 މީހަކު ވަނީ ޒަޚަމްވެފައެވެ.

ރޭ އިޒްރާއިލުން ވަނީ ޣައްޒާއަށް ވަރަށް ބާރުގަދަ ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ.

ކޮމެންޓް
ބީރުބަލް
ޔަހޫދީންގެ ބައިވެރިޔާ އިންޑިޔާއަށް ރާއްޖެ ދިން ފަސްއަހަރުގެ ދައުރުގެ ބައިވެރިއެއްގޮތަށް އަދިވެސް މަނިކުފާނަށް ތިޔަ ހުންނެވެނީ އިބޫއަށް ފުރިހަމައަށް އެއްބާރުލުން ދިނުންމަތީ ދަރިންކޮޅުގެ މަގާމަށްޓަކާ
29 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.