މަޖިލީހުގެ ނައިބު ރައީސް އީވާ ރިޔާސަތުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
29 Oct 2023 | 09:48
އީވާ އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ނަޝީދު ވަކިކުރާ ޖަލްސާ ނުބޭއްވުނު!

މަޖިލީހުގެ ރައީސްކަމުގެ މަޤާމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله އާލާސްކަންފުޅާއި އުޅުއްވާތީ ކުރިއަށް ގެންދެވެން ނެތްކަމަށް އަންގައި މާދަމާއަށް ތާވަލުކޮށްފި އެވެ. 

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރުމަށް 49 މެމްބަރުންގެ ސޮޔާއެކު ހުށައަޅާފައިވަނީ އޮކްޓޫބަރު 8 ގައެވެ. އަދި އެފަހުން ނަޝީދަށް ވަނީ 14 ދުވަހުގެ ނޯޓިސް ވެސް ފޮނުވާފަ އެވެ. 

މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަވާ ތާރީހުގެ ފަހުން ދެން އެންމެ އަވަހަށް އޮންނަ ސަރުކާރު ބަންދު ނޫން ދުވަހެއްގައި އެ މައްސަލަ އެގެންޑާ ކުރަން ޖެހޭނެ އެވެ. 

އެގޮތުން މިއަދަށް އެ ޖަލްސާ އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ އާލާސްކަންފުޅާއި އުޅުއްވާތީ ޖަލްސާކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ.

މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން މަޖިލީހުގެ އަމީންއާންމު ފާތުމަތު ލިއުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށައެޅި ގަރާރު މިއަދަށް ތާވަލުކުރެވިފައިވާކަން އަންގައި މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ނޯޓިސް ފޮނުވިފައިވާނެ ކަމަށެވެ. 

ނިއުޝާ ވިދާޅުވީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ކ) ގައި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާއި ބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމާއި އެމީހެއްގެ ދިފާއުގައި ބަހުސްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާކަމަށް ބަޔާންކޮށްފައި ވާތީ މިއަދުގެ ޖަލްސާއަށް ވަޑައިގެންދެއްވުމަށް މަޖިލީހުގެ ރައީސްއަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ. 

މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ބާއްވާ ބަހުސެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެކަމަށާއި، އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިއްޔަތަކީ މަޖިލީހުގެ ނައިބު ރައީސާއި މަޖިލީހުގެ ގަވައިދުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއްކަން ނިއުޝާ ފާހަގަކުރެއްވި އެވެ. އަދި ރިޔާސަތު ބަލަހައްޓަވާދެއްވުމަށް މަޖިލީހުގެ ނައިބު ރައީސްއަށް އަންގާފައިވާނެކަމަށް ވިދާޅުވި އެވެ. 

އެހެން ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާއި އުޅުއްވާކަން ބަޔާންކޮށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ސަލާން ފޮނުވާފައިވާތީ މިއަދު އެ ގަރާރަށް ބަހުސްކުރުން ކުރިއަށް ގެންދެވެން ނެތްކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ. 

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަކީ އެ މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމަށްފަހު އެންމެ އަވަހަށް އޮންނަ ބަންދު ނޫން ދުވަހެއްގައި ކުރިއަށް ގެންދަން ޖެހޭ މައްސަލައަކަށް ވާތީ މާދަމާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވެސް އެ މައްސަލަ އެޖެންޑާކޮށް، އެ ޖަލްސާގެ ރިޔާސަތު ބަލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސަށް އަންގަވާނެކަމަށް އަމީންއާންމު ވިދާޅުވި އެވެ. 

ކޮމެންޓް
ޢައިސަން
ހުސް ފޭކު
29 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ