ޣައްޒާއަށް ދިން ހަމަލާއެެއްގައި ހަލާޚުވެފައިވާ ޢިމާރާތެއްގެ ކައިރީގައި ބަޔަކު ހަރަކާތްތެރިވަނީ. ފޮޓޯ: ޤުދްސް ނެޓްވޯކް
ދުނިޔެ
29 Oct 2023 | 11:16
މަޑުމަޑުން ޣައްޒާގެ މުވާސަލާތީ ޚިދުމަތްތައް ލިބެން ފަށައިފަ

އިޒްރާއިލްގެ ބާރުގަދަ ހަމަލާތަކާއި ގުޅިގެން ޣައްޒާގެ މުވާސަލާތީ ގުޅުންތައް ކެނޑުމަށް އަލުން މުވާސަލާތީ ޚިދުމަތްތައް ދަނީ ލިބެމުން ކަމަށް އަލްޖަޒީރާ އިން ރިޕޯޓް ކޮށްފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ލޭންޑް ލައިން ފޯން ތަކާއި މޮބައިލް ތަކާއި އިންޓަރނެޓް ކަނެކްޝަންތައް މަޑުމަޑުން ލިބެމުންދާ ކަމަށެވެ.

މަޑުމަޑުން ލިބެމުންދާ މުވާސަލާތީ ގުޅުންތަކާއި އެކު ޣައްޒަގެ ރައްޔިތުން ދަނީ ޣައްޒާއިން ބޭރުގަޔާއި ޣައްޒާގެ އެހެން ތަންތަގައި ތިބި އާއިލާގެ މެމްބަރުންނަށް ގުޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޣައްޒާއަށް މުވާސަލާތީ ގުޅުން ކެނޑިފައި އޮތް ވަގުތުވެސް އިޒްރާއިލުން ދިޔައީ ހަމަލާތައް ދެމުންނެވެ.

އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވާނީ ހަނގުރާމައިގެ ދެވަނަ ފިޔަވައްސަަށް މިހާރު އިޒްރާއިލުން ވަދެފައިވާ ކަމަށެވެ. ތަޖްރިބާ ކާރުން ބުނެފައިވަނީ ނަތަންޔާހޫގެ އެބަހުން ދޭހަވަނީ ހަނގުރާމަ ވަރުގަދަކޮށް ހަމަލާތައް ވަރުގަދަވެ ނުރައްކާތެރި ވާނެ ކަންކަމަށެވެ.

އިޒްރާއިލް ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 7000 މައްޗަށް ވަނީ އަރައިގެން ގޮއްސައެވެ. އޭެގެ ތެރޭގައި ބޮޑުބައެއް ހިއްސާ ކުރަނީ މައުސޫމް ކުޑަކުދިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.