ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް-- ފޮޓޯ/ވޮއިސް
ހަބަރު
29 Oct 2023 | 14:58
ރަށުބަންދަކީވެސް ޤާނޫނު ނުދަންނަ އަނިޔާއެއް: ޝިޔާމް

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރ ޔާމީން އަބްދުލްގައްޔޫމް ރަށު ބަންދަށް ބަދަލު ކުރެއްވީ އެމަނިކުފާނުގެ ބޭސްފަރުވާއަށް ލުޔެއް ދިނުމަށް ކަަމަށާ، ރަށުބަންދަކީވެސް ޤާނޫނު ނުދަންނަ އަނިޔާއެއް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް މާފުށީ ޖަލުގައި ގިނަ ދުވަސްތަކެއް ހުންނެވުމަށްފަހު، އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރީ ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ނާކާމިޔާބުވެވަޑައިގެން ރައީސް ޔާމީނު ތާއީދުކުރެއްވި ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެންނެވެ.

އެއަށްފަހު, ބޭސްފަރުވާއަށް ބޭރަށް ނުކުމެވޭ ގޮތަށް މިހާރު ވަނީ ރަށު ބަންދަށް ބަދަލުކޮށްފައެވެ. މި ލުއި އެމަނިކުފާނަށް ދެއްވާފައިވަނީ މީގެ 15 ވަރަކަށް ދުވަސްކުރިން ރައީސް ޔާމީން އަމިއްލަފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ވާހަކަފުޅުދައްކަވާ ކުރެއްވި އިލްތިމާސްތަކަށް ފަހުގައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެކަމާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔަމީން ރަށު ބަންދަށް ބަދަލުކުރުމަކީ މާކުރިންވެސް ކޮށްދެވެން އޮތް ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ބަދަލު ކުރެއްވީ ރަށު ބަންދަށް ނޫން ކަމަށާ އެއީ ބޭސްފަރުވާއަށް ދެވުނު ލުޔެއް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ. 

"އަދި ބެއިލްވެސް މީގެ ކުރިން ކޯޓުތަކުގައި ހުރީ ޕްރެސްޓިސް ކޮށްފައި. ރައީސް ޔާމީނާ ހިސާބުން މިކަންކަން ދަންނަކަމަކަށް ނުހެދި. ރަށުބަންދެއްވެސް ނޫން އެއީ. ބޭސްފަރުވާއަށް ދިން ކުޑަ ލުޔެއް. އެހެންނޫނަސް ރަށުބަންދަކީވެސް ޤާނޫނު ނުދަންނަ އަނިޔާއެއް."

ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއް ކަމަށާ އެމަނިކުފާނުގެ ޝަރީޢަތްތައް ހުއްޓުވާފައި ބާއްވާ ބޭއްވުމަކީ ދޭ އެންމެ ބޮޑު އަނިޔާ ކަމަށެވެ. މިއާއެކު އޭނާ ވަނީ ރައީސް ޔާމީން މިނިވަންކުރަން ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.