ރައްޔިތުން މަޖުލިސްގެ ރައީސް މުޙައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް
ހަބަރު
29 Oct 2023 | 15:56
އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހެޅި، ނަޝީދުގެ އިތުބާރު ނެތް މައްސަލާގައި އެދުނީ ދެކަމެއް ކޮށްދިނުމަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ކުރިއަށް ނުގެންދިޔުމުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށެހެޅި އިރު، އެކޯޓުގައި އެމްޑީޕީން އެދިފައިވާ ކަންކަން އެމްޑީޕީން ހާމަކޮށްދީފިއެވެ. 

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ އެ މައްސަލަ ކުރިއަށް ގެންދިޔުމާއި ގުޅިގެން އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގާނޫނީ ޓީމުގެ މެންބަރު އަހްމަދު އަބްދުالله އަފީފް ވިދާޅުވީ، އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގެ އަމީންއާންމު މިއަދު ނިންމެވި ނިންމެވުމަކީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފު ނިންމެވުމެއް ކަމަށް ވާތީ ކަމަށެވެ. 

އަދި އެކަމާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ޕާޓީން ދެ ކަމަކަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން އެދިފައިވާނީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ ބ ގައި ވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުއްވާ ދެއްވަން. އަދި އޭގެ އިތުރަށް މަޖިލީހުގެ ރައީސް ވަކިކުރަން ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ، ނުވަތަ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހު ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ ގައި ބަޔާން ކޮށްފައި ވާތީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހެޅިފައިވާ ގަރާރަށް ގޮތެއް ނިންމުމަށްފަހު ފަހުގައި ނޫނީ  މަޖިލީހުގެ އެހެން އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް.

އެމްޑީޕީ ގާނޫނީ ޓީމުގެ އަހްމަދު އަބްދުالله އަފީފް

އަފީފު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހިންގޭނެ ގޮތް ސާފުކޮށް މަޖިލީހުގެ ގަވާއިދުގައި ވެސް ބަޔާންކޮށްފައި ވަނިކޮށް މަޖިލީހުގެ އިދާރާއިން ޖަލްސާ ކުރިއަށް ނުގެންދިޔައީ ގަސްތުގައި ކަމަށެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުންމުގައި އަފީފް (ކ). (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

"މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން ކަނޑައަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 44 މާއްދާއާ ހިލާފަށް." އަފީފު ވިދާޅުވި އެވެ. 

މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ވާގޮތުން ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. 

އެހެންކަމުން މިހާރު އޮތް ހާލަތަކީ މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން ލާޒިމު ހާލަތެއް ކަމަށާއި، އެފަދައިން ކަން ނުކޮށްފި ނަމަ މަޖިލިސް ހުއްޓުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ އަކީ ގައުމުގެ ދުސްތޫރީ އަދި އާއްމު ހާލަތާއި ގުޅިފައިވާ މައްސަލައެއް ކަމަށާ، އެއީ އޭގެ ސަބަބުން ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ ގާނޫނީ ސަބަބުތަކެއް ހިމެނޭ މައްސަލައެއް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެފަދަ ސަބަބު ތަކާއި ހުރެ، މަޖިލިސް ހުއްޓުވާލާފައި ނުބޭއްވުމަށް އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުމެއް ކޮންމެހެން ބޭނުންވާ ކަމަށް އެމްޑީޕީން ދެކޭ ކަމަށް އަފީފް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ