އަލް ޤުދްސް ހޮސްޕިޓަލް/ ޣައްޒާ. ފޮޓޯ: ވަފާ ނިއުސް
ދުނިޔެ
30 Oct 2023 | 10:36
އަލް ޤުދުސް ހޮސްޕިޓަލް ހުސްކުރުމަށް އިޒްރާއިލުން އަންގަނީ

ފަލަސްޠީނުގެ ޣައްޒާގައި ހުންނަ އަލް ޤުދުސް ހޮސްޕިޓަލް ހުސްކުރުމަށް އިޒްރާއިލުން އަންގަމުންދާ ކަމަށް ބޭރުގެ މީޑިއާ ތަކުން ބުނެފި އެވެ.

އަލް ޤުދުސް ހޮސްޕިޓަލް ހުސްކުރުމަށް އިޒްރާއިލް ސިފައިން ދެމުންދާ އިންޒިރާރާއި އެކު ޤުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރުތައް ވެސް އިޒްރާއިލް ސިފައިން ދަނީ ދެމުންނެވެ.

އަލް ޤުދުސް ހޮސްޕިޓަލަކީ ޒަޚަމްވަމުންދާ މީހުންނަށް ފަރުވާދިނުމުގެ އިތުރުން ޤުދުސް ހޮސްޕިޓަލަކީ ގެދޮރުގެއްލިފައިވާ 14000 މީހުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ހޯދަމުންދާ ތަނެެކެވެ.

ޤުދުސް ހޮސްޕިޓަލަށް އިޒްރާއިލުން ދެމުންދާ އިންޒާރުތަކާއި ގުޅިގެން ވޯލްޑް ހެލްތް އޮގަނަޒިޒޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ.

އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން އިޒްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން 8000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން ބޮޑުބައެއް ހިއްސާ ކުރަނީ މައުސޫމް ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން 47 މިސްކިތެއް ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން 7 ފައްޅިއެއް ވަނީ ހަލާކުވެފައެވެ. ޣައްޒާގެ މީޑިއާ އޮފީހާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ 203 ސްކޫލަކާއި، ސަރުކާރުގެ 80 އޮފީހެއް ވަނީ ހަލާކުވެފައި ކަމަށެވެ. އަދި ހަމަމިއާއި އެކު 220000 މީހުން ދިރިއުޅޭ ހައުސިންގ ޔުނިޓެއް ހަލާކުވެފައިވާ ކަމަށާއި، 32،000 ޢިމާރާތެއް މުޅިން އެކީގައި ބިމާއި ހަމަވެފައިވާ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.