ޣައްޒާއަށް ދިން ހަމަލާގައި ހަލާކުވެފައިވާ ޢިމާރާތެއް. ފޮޓޯ: ސައުންޑް އޮފް ޣައްޒާ
ދުނިޔެ
30 Oct 2023 | 11:16
ޣައްޒާގެ ގިނަ ބަޔަކު ކަރުހިއްކުން ފިލުވަމުން ދަނީ ލޮނުފެނުން

ފަލަސްޠީނުގެ ޣައްޒާގެ އެތަައް ހާސް ބަޔަކު ކަރުހިއްކުން ފިލުވުމަށް ބޭނުން ކުރަމުންދަނީ ލޮނުފެން ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ޙާލުގައި ޖެހިފައިތިބި ޣަައްޒާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަރުހިއްކުމަށް ބޭނުން ކުރަމުންދަނީ ލޮނުފެނާއި ސާފުނުކުރާ ނުރައްކާތެރި ފެނުން ކަމަށެވެ.

އިޒްރާއިލްގެ ހާޒްރަތް ނިއުސްއަށް ހަވާލާދީ އަލްޖަޒީރާގައި ބުނެގައިވަނީ ޣައްޒާގައި ތިބި 52000 މާބަނޑު އަންހެނުންނާއި، 6 މަހުން ދަށުގެ 30000 ކުޑަކުދިނަށް ސާފު ނުކުރާ ފެނާއި ލޮނުފެން ބޭނުން ކުރަން ވަނީ މަޖުބޫރުވެފައި ކަމަށެވެ.

އިޒްރާއިލުން ވަނީ ޣައްޒާއަށް ދޫކުރާއި ފެނާއި ކަރަންޓު އަދި ތެޔޮ ދޫކުރުން ހުއްޓައިލައިފައެވެ. ކަރަންޓް ނުލިބުމުގެ ސަބަބުން ފެން ސާފުކުރާ ޕަމްޕުތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ.

ސާފުފެން ނުލިބުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުވެރިކަން ޣައްޒާގައި ވަނީ މިހާރު ފެތުރިފައެވެ.

ޣައްޒާއަށް އިޒްރާއިލުން ދެމުންދާ ހަަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު 8000 މައްޗަށް އަރައިފައިވާއިރު އޭގެ ތެރެއިން 3000 ޝަހީދުންނަކީ ކުޑަކުދިންނެވެ. 2000 ޝަހީދުންނަކީ އަންހެނުންނެވެ. މީގެ އިތުރުން 20،000 މީހުން ދަނީ އެކިވަރުގެ ޒަޚަމްތަކަށް ފަރުވާ ހޯދަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.