އިޒްރާއިލް ސިފައިން ޣައްޒާއަށް ޓޭންކަރުތަކާއި އެކު އަރަނީ. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
30 Oct 2023 | 16:07
އިޒްރާއިލް ސިފައިން ޓޭންކަރުތަކާއި އެކު ޣައްޒާއަށް އަރަނީ

އިޒްރާއިލްގެ ސިފައިން ޓޭންކަރުތަކާއި އެކު ޣައްޒާއަށް އަރަމުންއެބަދެއެވެ.

ވައިގެން މަގުން ދޭ ނުރައްކާތެރި ހަމަލާތަކާއި އެކު އިޒްރާއިލުން މިހާރު މަސައްކަތް ކުރަމުން ދަނީ ޣައްޒާތެރެއަށް ވަދެގަނެ ހަމަލާތައް ދިނުމަށެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލް ސިފައިންގެ ޓޭންކަރުތައް ޣައްޒާގެ ތެރެއަށް ވަންނަމުންދާކަމަށެވެ. އަދި ޓޭންކަރާއި ކައިރިއަށް ދާ މީހެއް ނުވަތަ ކުރިމަތިލާ މީހަކުނަމަ އެމީހަކަށް ހަމަލާދެމުންދާ ކަމަށެވެ.

އަދި ޓޭންކަރުތަކާއި އެކު ބުލްޑޯޒަރު ވެސް ހަރަކާތްތެރިވަމުން ދާ ކަމަށާއި، ޓޭންކަރުން ބަހަކާއި ކާރަކަށް މިހާރު ހަމަލާދީފައި ވާކަމަށެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ނޫސްވެރިޔަކާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލް ސިފައިން ވައިގެން މަގުން ޣައްޒާއަށް ދެމުންދަ ހަމަލާތައް އިހުނައްވުރެ ވަރުގަދަކޮށް ޓޭންކަރުތަކާއި އެކު ހަމަލާތަކަށް ތައްޔާރުވެ ޣައްޒާ އަށް އެރުމުން މުޅި ޣައްޒާ ވަނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަަމަށެވެ. އެގޮތުން އެނޫސްވެރިޔާ ހުރި ޢިމާރާތައް އިޒްރާއިލް ސިފައިން ފޯނުން ގުޅައި އެ ޢިމާރާތް ހުސްކޮށް ޣައްޒާގެ ދެކުނަށް ބަދަލުވުމަށް އަންގައިފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އެ ނޫސްވެރިޔާއާއި ހަވާލާދީ އަލްޖަޒީރާގައި އިތުރަށް ބުނެފައިވަނީ ޣައްޒާގެ ދެކުނަަށް ދަތުރު ކުރަން އޮންނަ މަގު އިޒްރާއިލް ސިފައިންގެ ބަންދު ކޮށްފައިކަމަށެވެ. އަދި ޣައްޒާ ދޫކޮށް ރައްކާތެރިކަން ހޯދުމަށް ދަތުރު ކުރަމުންދާ ޢާންމުންގެ ވެހިކަލްތަަކަށް އިޒްރާއިލް ސިފައިން ހަމަލާދޭކަމަށް ވެސް ޚަބަރުލިބެމުންދާ ކަަމަށް އެނޫސްވެރިޔާ އާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ