އަލް ޤުދްސް ހޮސްޕިޓަލް ކައިރިއަށް ހަމަލާދިން ވަގުތު. ފޮޓޯ: ޤުދްސް ނެޓްވޯކް
ދުނިޔެ
31 Oct 2023 | 10:04
އިޒްރާއިލުން އަލް ޤުދްސް ހޮސްޕިޓަލް ކައިރިއަށް ހަމަލާދީފި

އިޒްރާއިލުން ފަލަސްޠީނުގެ ޣައްޒާގައި ހުންނަ އަލް ޤުދްސް ހޮސްޕިޓަލް ކައިރިއަށް ހަމަލާދީފިއެވެ.

މިހަމަލާއާއި ގުޅިގެން އެހޮސްޕިޓަލްގައި މަސައްކަތްކުރާ މެޑިކަލް އޮފޮސަރުންނާއި ފަރުވާހޯދަމުންދާ މީހުންނާއި އެހޮސްޕިޓަލްގައި ވަގުތީ ހިޔާ ހޯދަމުންދާ މީހުންގެ މެދުގައި ވަނީ ހާސްވުމާއި ކަންބޮޑުވުން ފެތުރިފައެވެ.

ޤުދުސް ހޮސްޕިޓަލް ކައިރިއަށް ދިން ހަމަލާގައި އެތަނަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ޤުދްސް ހޮސްޕިޓަލް ކައިރިއަށް ހަމަލާދިނުމުގެ އިތުުރުން އިޒްރާއިލްގެ ޔަހޫދީން ރޭ ވަނީ ޣައްޒާގައި ހުންނަ އިންދޮނީސީ ހޮސްޕިޓަލް ކައިރިއަށްވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މީގެ އިތިުރުން ފަލަސްޠީން ޓާކިޝް ފްރެންޑް ޝިޕް ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާދިނުުމުގެ ސަބަބުން އެހޮސްޕިޓަލަށް ގެއްލުން ތަކެއް ލިބިފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ހަމަމިއާއި އެކު ޣައްޒާގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލް ހިމެނޭ ސަރަހައްދަށްވެސް ރޭ އިޒްރާއިލުން ވަނީ ހަމަލާދީފައެވެ.

އިޒްރާއިލުން އޮކްޓޫބަރ 7ގައި ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 8306 ފަލަސްޠީން ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ޔުނިސެފާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލުން ކުރިއަށްގެންދާ ހަމަލާތަކުގެ ސަބަބުން ދުވާލަކަށް ފަލަސްޠީނުގެ 420 ކުޑަކުދިން ޒަޚަމްވެއެވެ.

ޣައްޒާއަށް ވައިގެ މަގުން ދޭ ހަމަލާތައް އެތައް ގުނައެއް ވަރުގަދަކޮށް އިޒްރާއިލުން މިހާރު މަސައްކަތް ކުރަމުންދަނީ ޣައްޒާގެ ބިމަށް ހަތިޔާރާއި އެކު އެރުމަށެވެ.

ޣައްޒާގައި ބޮޑެތި ޤަތުލްޢާންމުތައް ހިންގަމުންދާއިރު ފަލަސްޠީނުގެ ހުޅަނގުއައްސޭރީގައި އިޒްރާއިލުން ހިންގަމުންދާ ޖަރީމާތައްވެސް ވަނީ ވަރުގަދަ ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.