ޖެނީން ރެފިޔުޖީ ކޭމްޕަށް އިޒްރާއިލުން ގެއްލުން ދީފައި. ފޮޓޯ: އެންޕީއާރް ނިއުސް
ދުނިޔެ
31 Oct 2023 | 11:06
ދުނިޔޭގެ ނަޒަރު ޣައްޒާއަށް، އިޒްރާއިލުން ހުޅަނގުއައްސޭރިއަށް އަރައި އެތަން ސުންނާފަތި ކުރަނީ

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރާިއިލުން ދެމުންދާ ހަމަލާތަކާއި ހަމާސް އާއި އިޒްރާއިލާއި ދެމުންދާ ހަމަލާތަކައި ގުޅިގެން ދުނިޔޭގެ ނަޒަރު ޣައްޒާއަށް ހުއްޓިފައިވާއިރު ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ވަދެ އެތަނުގެ އެކި ސަރަހައްދުތަކަށް ގެއްލުންދެމުން އެބަދެއެވެ.

އެގޮތުން އިޒްރާއިލްގެ ސިފައިން ދަނީ ނާބުލުސްއާއި ހިބްރޫން ނޫން އެހެން ސަރަހައްދުތަކަށް ވަދެ ޖައްސަމުންދިޔަ މިލިޓަރީ ރެއިޑްތައް ވަނީ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް އެ ރެއިޑް ތައް ފުޅާކޮށްފައެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލް ސިފައިން ވަނީ ޤަބްތިއްޔާ އަވަށަށާއި، ދެއިރް ބަލޫތް، ޒަވާތާ އަދި އަލް ޝްވައިތީ އަށް ވަދެ މިލިޓަރީ ރެއިޑް ޖައްސައި ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ރޭ އިޒްރާއިލުން ހުޅަނގު އައްސޭރީގައި ހިންގި ރެއިޑްގައި ހަމާސްގެ ޕޮލިޓިކަލް ބިޔުރޯގެ ޑެޕިޔުޓީ ހެޑް ޞާލިޙް އަލް އަރޫރީ ގެ ގެހުންނަ އަރޫރާ އަވަށަށް ވަދެ އިޒްރާއިލް ސިފައިން ވަނީ އެއަވަށަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އަރޫރާ އަވަށުގައި އިޒްރާއިލުން ހިންގި މި ޖަރީމާގައި މީހަކު ޝަހީދުވިކަމެއް ނުވަތަ މީހަކު ޒަޚަމްވިކަމެއް ސަފުވެފައެއްނުވެއެވެ.

އިއްޔެރޭ ވެސް އިޒްރާއިލުން ވަނީ ހުޅނަގުއައްސޭރިއަށް ވަދެ ޖެނީން ރެފިޔުޖީ ކޭމްޕަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ޖެނީންއަށް ވަދެ އިޒްރާއިލުން އިޒްރާއިލް ސިފައިންހިންގި ޖަރީމާތަކުގައި ޖެނީންގެ ހަތަރު މީހަކު ވަނީ ޝަހީދުވެފައެވެ.

އޮކްޓޫބަރ 7 ވަނަ ދުވަހު ޣައްޒާގައި އިޒްރާއިލުން ހަމަލާދޭން ފެށިފަހުން ހުޅަނގު އައްސޭރިން 1600 މިހަކު ވަނީ ހައްޔަރު ކޮށްފައެވެ. ހަމަމިއާއި އެކު 121 މީހަކު ވަނީ ޝަހީދު ކޮށްލައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.