އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕް ލީޑަރ އަސްލަމް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/މަޖިލިސް
ހަބަރު
31 Oct 2023 | 12:23
"ކޮމިޓީ ތަކާއި ޖަލްސާތައްވެސް ކުރިއަށް ގެންދަން އެއްބާރުލުން ދޭނީ ރައީސް ނަޝީދުގެ މައްސަލަ ނިމުނީމަ"

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދަން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން އެއްބާރުލުން ދެވޭނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި މެދު ގޮތެއް ނިންމުމުން ކަމަށް މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

އަސްލަމް އެގޮތަށް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓިފައިވާތީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިކަމަށް ހައްލެއް ލިބިގެން ނޫން ގޮތަކަށް މަޖިލީހުގެ ކޮމިޓީއެއްވެސް ކުރިއަށް ގެންދެވޭކަށް ނެތް. މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުމެން މި ގަބޫލު ކުރަނީ، މިކަމަށް (ނަޝީދުގެ މައްސަލައަށް) ގޮތެއް ނިންމައިގެންނޭ. މިއީ ސަމާސާ އަކަށްވުރެ ބޮޑު ވެއްޖެ މައްސަލައެއް. ވަރަށް ދިގުލައިގެން މި މައްސަލަ ހިނގައްޖެ. އެހެންވީމާ މިކަމަށް ކޮންމެސް ގޮތެއް ކަނޑައެޅިގެން ދެން އަޅުގަނޑުމެންގެ އެއްބާރުލުމެއް މަޖިލީހުގެ އެއްވެސް މަސައްކަތަކަށް ދެވެން އަންނަނީ. އެއީ މި ހިސާބަށް އަޅުގަނޑުމެން ނަގާފައިވާ ސްޓޭންޑް.

މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް 

އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދާހާ ހިނދަކު މަޖިލީހަށް އެއްބާރުލުން ނުދެއްވާނެ ކަމަށް އެމްޑީޕީ ޕާލަމަންޓްރީ ގުރޫޕުން ނިންމަވާފައިވާ ނިންމުމަށް ބަދަލެއް އަންނަންދެން މެންބަރުން ތިބޭނީ އެގޮތުގައި ކަމަށާ، އަދި ޕާލަމެންޓްރީ ގްރޫޕުން ވެސް އެނޫން ރޫހެއް އަދި ފެންނަން ނެތް ކަމަށެވެ. 

އަސްލަމް އިތުރަށް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމާއި މެދު ދެގޮތަކަށް ކަންތައް ކުރެވިދާނެ ކަމަށެވެ. 

"އެއީ މަޖިލީހުގެ އިދާރާގެ ފަރާތުން މަޖިލީހުގެ ގަވާއިދު މި މާނަ ކުރާ މާނަ ކުރެއްވުން ދޫ ދިނުމަށްފަހު، މަޖިލީހުގެ ގަވާއިދު އަޅުގަނޑުމެންނަށް މިފެންނަ ގޮތަށް ލ، މެޖޯރިޓީ ޕާޓީއަށް މި ފެންނަ ގޮތަށް ގަވާއިދު މާނަ ކުރެއްވުން. ނުވަތަ ގަވާއިދުގައި މިވާ އެއްޗެއް ތަންކޮޅެއް ސާފުކޮށް އެބޭފުޅުންނަށް (މަޖިލީހުގެ އިދާރާއަށް) އެނގިވަޑައިގަންނަވާނޭ ބިދާއިން ތަންކޮޅެއް ތިލަކޮށް ނަމަވެސް ސްޕްރީމް ކޯޓުގެ ހުކުމެއްގައި ލިޔުއްވައި މި ބޭފުޅުންނަށް އެގޭގޮތަކަށް މިކަން ކޮށްދެއްވުން. ނުވަތަ އެނޫން ގޮތަކަށް އޮތް ކަމަށް ވާނަމަ އެގޮތަކަށް ކުރެއްވުން"

މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް 

މީގެ އިތުރުން މި މައްސަލަ ދިގުލައިގެން ދާ ނަމަވެސް އެމްޑީޕީ މެމްބަރުންގެ ސްޓޭންޑް ބަދަލު ނުވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވަނީ އެ މައްސަލަ އެހާ ދިގުލައިގެން ދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. 

އެހެނީ އެ މައްސަލައަކީ ވަރަށް ހައްސާސް އަދި މުހިންމު މައްސަލައެއް ކަމަށާ އެއީ ދުސްތޫރީ މައްސަލައެއް ވެސް ކަމަށްވާއިރު އެފަދަ ކަމެއް ދިގުލައިގެންދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތުގެ އެއް ބާރު ހުއްޓިގެން މި ދަނީ. އެހެންވީމާ ދައުުލަތުގެ އެއްބާރު ހުއްޓިގެން ދިއުމަކީ މުޅި ދައުލަތް ހިންގުމަށް ހުރަސް އެޅިގެންދާނެ ކަމެއް. ދެން މިފަދަ މައްސަލަތައް ބެލުމަށް އިހުތިސާސް ލިބިގެންދާ ކޯޓުގައި އެއޮތީ. އެހެންވީމާ އެ ބޭފުޅުން ވެސް އަޅުގަނޑަށް ޔަގީން މައްސަލަައިގެ ހައްސާސް ކަަމަށް ބައްލަވައި ވީހާވެސް އަވަހަށް މައްސަލަ ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެކަމަށް." އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް
ސޭކުބެ
ނައިބުރައީސް ހާދަ ހަޑިއޭ ތިއުޅުއްވާގޮތް
31 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.