ރަފާހް ގެ އިމާރާތަކަށް ދިން ހަމަލާއަކަށްފަހު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ޤުދްސް ނެޓްވޯކް
ދުނިޔެ
31 Oct 2023 | 14:13
ޣައްޒާގެ ތާލް އަލްހަވާ ނެއިބަރހުޑްގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

ފަލަސްޠީނުގެ ޣައްޒާގައި އޮންނަ ތާލް އަލްހަވާ ނެއިބަރހުޑްގެ އެކި ސަރަހައްދު ތަކަށް އިޒްރާއިލުން ވަރުގަދަ ހަމަލާތަކެއްދީފިއެވެ.

ޤުދްސް ނެޓްވޯކްގައި ބުނެފައިވަނީ ތާލް އަލްހަވާ ސަރަހައްދުގެ މަގުތަކުގައި ހަރަކާތެއް ކުރާ ކޮންމެ ދުއްވާއެއްޗަކަށް އަމާޒުކޮށް އޮޒްރާއިލުން ދަނީ ހަމަލާދެމުންކަމަށެވެ. ހަމަލާދިނުމުގައި ޢާންމުންގެ ވެހިކަލެއް އެމްބިޔުލާންސެއް ބެލުމެއް ނެތް ކަމަށް ޤުދްސް ނެޓްވޯކުން ބުނެފައިވެއެވެ. އަދި މެޑިކަލް އޮފިސަރުންނަށް އަމާޒުކޮށްވެސް ހަމަލާތައް އަންނަނީ ދެމުން ކަމަށް ބުނެފައިވެއެވެ.

އެމްބިޔުލާންސްތަަކަށް ހަމަލާދެމުންދާތީ ޒަޚަމްވާ މީހުން ހޮސްޕިޓަލް ތަކަށް ގެންދިޔުމަށް ހިމާރު ގާޑިޔާ ދަނީ ބޭނުންކުރަމުންނެވެ.

ޣައްޒާގައި ހަރަކާތްތެރިވަމުންދާ އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފައިވަނީ އިޒްރާއިލް ސިފައިން މެދުކެނޑުމެއް ނެތި ދެމުންދާ ރޮކެޓް ހަމަލާތައް ޣައްޒާގެ އިރުމައްޗަށް ދޭން ފަށައިފައިވާ ކަމަށެވެ. އަދި އިޒްރާއިލް ސިފައިން ޣައްޒާގެ އެތެރެއަށް ހަތިޔާރާއި އެކު ވަނުންމަށް ކުރާ މަސައްކަތުގެ ތެރެއިން އިއްޔެއަށްވުރެ ބޮޑަށް ޣައްޒާގެ އެތެރެއަށް ވަތް ކަމުގެ ޚަބަރު މިއަދު ހެނދުނު ލިބިފައިވާ ކަަމަށް ނޫސްވެރިޔާ ޞަފްވަތް ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ އިޒްރާއިލް ސިފައިން ޣައްޒާގެ ރައްޔިތުންނަށް ޣައްޒާ ދޫކޮށް ދިޔުމަށް އަންގާ އެންގުމަށް ތަބަޢަވެ ދާން ބޭނުންވާ މީހުންނަށްވެސް ނުކެމެގެން ރައްކާތެރިކަމާއި އެކު ބޭރަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 8306 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރެއިން 3457 ޝަހީދުންނަކީ ކުޑަކުދިންނެވެ. 2136 ޝަހީދުންނަކީ އަންހެނުންނެވެ.

މީގެ އިތުުރުން 21،048 މީހަކު ވަނީ ޒަޚަމްވެފައެވެ. މީގެ ތެރެއިންވެސް ބޮޑު ބައެއް ހިއްސާކުރަނީ ކުޑކުދިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.