ޠޫބަސް ގައި ޝަހީދުކޮށްލި ޢުމުރުން ދުވަސްވީ މީހާ. ފޮޓޯ: ޤުދްސް ނެޓްވޯކް
ދުނިޔެ
31 Oct 2023 | 14:51
ޠޫބާސް އަވަށުގެ ޢުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޠޫބާސް އަވަށުގައި އިޒްރާއިލް ސިފައިން މިލިޓަރީ ރެއިޑެއްގެ ނަމުގައި ހިންގި ޖަރީމާތަކުގައި އެއަވަށުގެ ޢުމުރުން ދުވަސްވީ ފިރިހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.

ޠޫބާސް އަވަށުގައި ޝަހީދުކޮށްލައިފައިވަނީ ޙައްޖު ރަވްހީ ޞަވަފްތާ އެވެ. ޙައްޖު ޝަހީދުވެފައިވަނީ އިޒްރާއިލް ސިފައިން އޭނާއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާ އޭނާގެ ހަށިގަނޑަށް އަރައިގެން ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އިޒްރާއިލް ސިފައިން ޠޫބާސް އަށް ިބުލްޑޯޒަރުތަކާއި އެކު ވަދެ ވަނީ އެތަނުގެ ޢިމާރާތްތަކަށް ގެއްލުންދީފައެވެ.

ފަލަސްޠީނުގެ ރެޑްް ކްރެސެންޓުން ބުނެފައިވަނީ އިޒްރާއިލްގެ މިލިޓަރީ ރެއިޑްގެ ސަބަބުން ނުވަ މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެމީހެއްގެ ޙާލު ދެރަކަމަށްވެސް ވަނީ ބުނެފައެވެ.

އޮކްޓޫބަރ 7 ގެ ފަހުން އިޒްރާއިލުން، ހުޅަނގު އައްސޭރީގައި ޝަހީދު ކޮށްލި މީހުންގެ ޢަދަދު ވަނީ 124 އަށް އަރައިފައެވެ.

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރާިއިލުން ދެމުންދާ ހަމަލާތަކާއި ހަމާސް އާއި އިޒްރާއިލާއި ދެމުންދާ ހަމަލާތަކައި ގުޅިގެން ދުނިޔޭގެ ނަޒަރު ޣައްޒާއަށް ހުއްޓިފައިވާއިރު ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ވަދެ އެތަނުގެ އެކި ސަރަހައްދުތަކަށް އިޒްރާއިލް ސިފައިން ވަދެ ދަނީ ގެއްލުންދެމުންނެވެ. 

އަދި ޢާންމުންނަށް ހަމަލާދިނުމާއި ކުށެއް ނެތި މީހުން ހައްޔަރު ކުރުން ވަނީ ގިނަވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.