ހަލާކުވެފައިވާ ޢިމާރާތެއްގެ ތެރެއިން ބަޔަކު ނުކުންނަނީ. ފޮޓޯ: ޤުދްސް ނެޓްވޯކް
ދުނިޔެ
31 Oct 2023 | 18:24
ޣައްޒާ އޮތީ ސިއްޚީ ތޫފާނެއްގެ ކުރިމަތީގައި: ޑަބްލިޔުއެޗްއޯ

ފަލަސްޠީނުގެ ޣަައްޒާ އޮތީ ތޫފާނެއްގެ ކުރިމަތީގައި ކަމަށް ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ އެއްތަނަކަށް މީހުން މާބޮޑަށް ގިނަވެ ބައިބޯވުމުގެ ސަބަބުން ބަލިފެތުރުން ވަނީ ފަސޭހަވެފައި ކަމަށެވެ. އަދި ފެން ސާފު ކުރާ ވަސީލަތްތަކާއި ނަރުދަމާގެ ވަސީލަތްތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައި ކަމަށެވެ.

ޔުނިސެފުންވެސް ވަނީ ޣައްޒާގައި ތިބި 6 މަހުން ދަށުގެ ކުދިންނަށް ޑީހައިޑްރޭޝަންގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. މިވަގުތު ޣައްޒާގައި ބުއިމަށް ރައްކާތެރި ސާފު ބޯފެން ލިބޭ ގޮތައް ސަލާމަތުން ހުރީ އެންމެ ފަސް ވޯޓަރ ސަޕްލައި ލައިނެކެވެ.

މީގެ އިތުރުން ޔުނިސެފުން ބުނެފައިވަނީ އިޒްރާއިލުން އޮކްޓޫބަރ 7ވަނަ ދުވަހު ދޭން ފެށި ހަމަލާތަކާއި އެކު މިހާތަނަށް 940 ކުޑަކުއްޖަކު ގެއްލިފައިވާ ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށާއި، ޣައްޒާ މިހާރު ވަނީ ކުޑަކުދިން ވަޅު ލެވިފައިވާ ގަބުރުސްތާނަކަށް ބަދަލުވެފައި ކަމަށެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ހަމަލާތަކުގައި މިހާތަނަށް 3500 ކުޑަކުއްޖަކު ޝަހީދު ކޮށްލައިފައިވާ ކަމަށެވެ.

އިޒްރާއިލާއި ފަލަސްޠީނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް 8306 މީހަކު ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.