އިޒްރާއިލް ސިފައިން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަނީ. ފޮޓޯ: މިޑްލް އީސްޓް މޮނިޓަރ
ދުނިޔެ
31 Oct 2023 | 18:04
ހުޅަނގު އައްސޭރީގައި ހައްޔަރު ކުރާ ފަަލަސްޠީނުގެ މީހުންނަށް އިޒްރާއިލް ސިފައިން އަނިޔާކުރަނީ

ފަލަސްޠީނުގެ ހުޅަނގުއައްސޭރިން އިޒްރާއިލް ސިފައިން ހައްޔަރުކުރަމުންދާ ފަަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޤުދްސް ނެޓްވޯކުން ޢާންމުކޮށްފިއެވެ.

ޤުދްސް ނެޓްވޯކުން ޢާންމުކޮށްފައިވާ ވީޑިއޯގައި ދައްކުވައިދެނީ ހިބްރޫން ކައިރީގައި އޮންނަ ހުސް ސަރަހައްދަކަށް އިޒްރާއިލްގެ ސިފައިން ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުން އަތާއި ފައި އަދި ލޯ މަތީގައި ފޮތި އައްސައި ކޮޅިފައިންނާއި އަތުން ތަޅައި އަނިޔާކުރާ ތަނެވެ.

އޮކްޓޫބަރ 7 ވަނަ ދުވަހު ޣައްޒާގައި އިޒްރާއިލުން ހަމަލާދޭން ފެށިފަހުން ހުޅަނގު އައްސޭރިން 1600 މިހަކު ވަނީ ހައްޔަރު ކޮށްފައެވެ.

އިޒްރާއިލުން ފަަލަސްޠީނުގެ ރަހީނުންނާއި މެދު މިހެން ޢަމަލު ކުރަމުންދާއިރު ފަލަސްޠީނުގެ ހަނގުރާމަވެރިން ރަހީނުކޮށްގެން ގެންދިޔަ އިޒްރާއިލްގެ ޔަހޫދީންނާއި މެދު ޢަމަލު ކުރަމުންދަނީ ވަރަށް ހެޔޮކޮށެވެ.

އެގޮތުން ފަލަސްޠީނުގެ ހަނގުރާމަވެރިން ރަޙީނުކުރި، އިޒްރާއިލްގެ ޔަހޫދީ އަންހެނަކު އޭނާ މިނިވަން ކުރުމުން އަނބުރާ ޢާއިލާގެ ގާތައް ދިޔުމުގެ ކުރިން ހަނގުރާމަވެރިންނާއި ސަލާން ކުރި މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ.

ހަނގުރާމަވެރިން ރަހީނު ކުރުމަށް ފަހު ދޫކޮށްލުމުން މީޑީއާ އަކުން ވަނީ އެމީހުންނާއި ވަކިވެގެން އަންނަމުން ހަނގުރާމަވެރިންނާއި އޭނާ ސަލާމް ކުރި ސަބަބާއި މެދު ވަނީ ސުވާލު ކޮށްފައެވެ.

އެސުވާލަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ އެމީހުންނާއި ވަކިވެގެން އައުމުގެ ކުރިން އެމީހުންނާއި ސަލާން ކުރީ ހަނގުރާމަވެރިން އެމީހުންނާއި މެދު ހެޔޮކޮށް ކަންކަންކޮށްފައި ވާތީ ކަމަށެވެ.

މީޑިއާ ތަކާއި ވާހަކަ ދައްކަމުން ޔޮކަވެދް ބުނެފައިވަނީ ހަނގުރާމަވެރިން އެމީހުންނާއި މެދު ކަންކޮށްފައިވަނީ ވަރަށް ހެޔޮކޮށް ކަމަށެވެ.

ޔޮކަވެދް ބުނީ ހަނގުރާމަވެރިން އެމީހުންނަށް ކާން ދެނީ އެމީހުންވެސް ކާއެއްޗެއް ކަމަށާއި، އެމީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ޚާއްސަ ސަމާލުކަމެއް އެމީހުން ދިން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.