ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް
ހަބަރު
31 Oct 2023 | 18:25
ރައީސް ޞާލިހު އެދިލެއްވީ މުޢިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް ނާޅަން؛ އެމްޑީޕީން ބޭނުންވަނީ ބޯއިކޮޓް ކުރަން!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިރުޝާދު ދެއްވާފައިވަނީ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އެޅޭ ކަމެއް ނުކުރުމަށް ކަަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު މަޖިލީހުގެ އިދާރާގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ. އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ސީދާގޮތެއްގައި ރައީސާއެކު މަޝްވަރާކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް ރައީސް ވަނީ މީގެ ކުރިން ވެސް އިންތިޚާބީ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އެޅޭ ކަމެއް ނުކުރުމަށް އިރުޝާދު ދެއްވާފައި ކަމަށް ވިދާޅުވިއެވެ.

"(ރައީސް ޞާލިހު) ވިދާޅުވި ވަރަށް ދެރަ ކަމެކޭ. އެކަން (ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސްއަޅަން) އެއްގޮތަކަށް ވެސް އެހެން ކުރާކަށް ފެނިވަޑައެއް ނުގަންނަވައޭ. އަޅުގަނޑު އެ ވާހަކަ ޕާލިމެންޓަރީ ގުރޫޕު މެންބަރުންނަށް ވެސް ދެންނެވިން،" އަސްލަމް ވިދާޅުވި އެވެ.

އެހެންނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ އެޖެންޑާ ނުކުރައްވާ ނަޝީދު ރިޔާސަތުގައި އިންނަވައިގެން މުއިއްޒު ހުވާކުރައްވާނަމަ އެކަމާ މެދު ޤާނޫނީ ގޮތުން ސުވާލު އުފައްދަވާނެ ކަަމަށް އަސްލަމް ވިދާޅުވިއެވެ.

"މިފަދަ ޖަލްސާއަކީ ގާނޫނީ ގޮތުން ސައްހަ ޖަލްސާއެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. ދެން އަޅުގަނޑުމެން ކޮންމެހެން އެ ތަނަށް ގޮސްފައި ހަޅޭއް ނުލެވިޔަސް އަޅުގަނޑުމެން ހަމަ ބޮއިކޮޓު ވެސް ކޮށްފާނެތާ ދެއްތޯ،" އަސްލަމް ވިދާޅުވި އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތާމެދު ޢަމަލު ކުރާނެ ވަކި ގޮތެއް އަދި އެމްޑީޕީން އަދި ނިންމާފައި ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ރޫހު އެބަހުރި އެ ޖަލްސާގައި ކުޑަ މިންވަރަކަށް ނަމަވެސް ބައެއް ކަންކަން ކުރުމަށް، އެހެންނަމަވެސް ސީދާ ވަކި ގޮތެއް ނުނިންމަން، ޕާލިމެންޓަރީ ގުރޫޕުން ވަކި ގޮތެއް ނިންމާފައިނުވާނެ."

އެ ޖަލްސާގެ ރިޔާސަތުގައި ނަޝީދު އިންނަވާ ނަމަ އަމަލުކުރާނެ ގޮތާ މެދު މެންބަރުންގެ މެދުގައި ތަފާތު ޚިޔާލުތައް ހުރިކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ހަމަހިމޭން އިހުތިޖާޖެއް ކުރެއްވުމަށް ނުވަތަ ޖަލްސާ ދޫކުރައްވާ ވަޑައިގެންނެވުމަށް ޚިޔާލު ހުށަހަޅުއްވާފައިވާ ކަމަށެވެ. 

އެމްޑީޕީގެ 55 މެންބަރުން ހާޒިރު ނުވިޔަސް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވޭނެކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަދި މުއިއްޒު ހުވާކުރެއްވުމަށް ހުރަސް އެޅުމުގެ އެއްވެސް ނިޔަތެއް އެމްޑީޕީގެ ނެތްކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
محمد
އެމްޑީޕީގެ މުޒާހަރާ ނުކުރެވޭނެ ވަގުތެއް ނޯންނާނެ ކިތަންމެ ބޮޑު ހަފުލާއެއްަވެސް. ރީތި ވަނީ އަދަބާޙިލާފުވުން
01 Nov 2023
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.