މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ-- ފޮޓޯ/ރައްޔިތުންގެ މަޖިލިސް
ހަބަރު
01 Nov 2023 | 09:29
އީވާ ސަލާމްގައި ހުންނެވުމުން މިއަދުވެސް ރައީސް ނަޝީދުގެ މައްސަލަ ކެންސަލް!

މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުވުމުން މިއަދުގެ މަޖިލީހުގެ ޖަލްސާ ވެސް ކެންސަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުން ވަކިކުރުމަށް 49 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައި އެމަނިކުފާނަށް 14 ދުވަހުގެ ނޯޓިސް ފޮނުވައި، ނޯޓިސްގެ މުއްދަތު ހަމަވުމާއިއެކު އާދިއްތަ އާއި ހޯމަ ދުވަހުވެސް ވަނީ އެ މައްސަލަ އެޖެންޑާ ކޮށްފައެވެ. ނަމަވެސް އީވާ ސަލާމުގައި ހުންނެވުމުން އެ ދެ ދުވަހުވެސް އެ މައްސަލަ ވަނީ ކެންސަލް ކޮށްފައެވެ. 

އެއަށްފަހު އިއްޔެ 2024 ވަނަ އަހަރުގެ ބަޖެޓްގެ މަސައްކަތް ތާވަލް ކުރި އިރު، އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަޅުމުގައި ދުންމާރި ފުންމައި އަޑުގަދަ ކޮށް ރިޔާސަތަށް ޖެއްސުން ކުރުމުން އެ ޖަލްސާ ވަނީ ހުއްޓާލާފައެވެ. 

އެއަށްފަހު އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދާހާ ހިނދަކު މަޖިލީހަށް އެއްބާރުލުން ނުދެއްވާނެ ކަމަށާ، އެމްޑީޕީ ޕާލަމަންޓްރީ ގުރޫޕުގެ އެ ނިންމުމަށް ބަދަލެއް އަންނަންދެން މެންބަރުން ތިބޭނީ އެގޮތުގައި ކަމަށް ވިދާޅުވެފައެވެ. އަދި ޕާލަމެންޓްރީ ގްރޫޕުން ވެސް އެނޫން ރޫހެއް އަދި ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވޭ މައްސަލަ އެމްޑީޕީން މިހާރު ވަނީ ސްޕްރީމް ކޯޓަށްވެސް ހުށަހަޅާފައެވެ. އެ ކޯޓުން އެ މައްސަލަ ބަލައިގެންފައިވާއިރު، އެ ކޯޓުގެ ނިންމުން އެމްޑީޕީން ގަބޫލު ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.