ޖަބަލިއްޔާއަށް ދިން ހަމަލާގައި އެތަން ހަލާކުވެފައި. ފޮޓޯ: ޤުދްސް ނެޓްވޯކް
ދުނިޔެ
01 Nov 2023 | 10:04
ޖަބަލިއްޔާ އަށް ދިން ހަމަލާގައި 50 މީހުން ޝަހީދުވި

ރޭ އިޒްރާއިލުގެ ޔަހޫދީން ފަލަސްޠީނުގެ ޖަބަލިއްޔާ ރެފިޔުޖީ ކޭމްޕަށް އަމާޒުކޮށް ދިން ބާރުގަދަ ހަމަލާގައި 50 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީނއަލްޖަޒީރާގައި ބުނެފައިވަނީ ޖަބަލިއްޔާ އަށް ދިން ހަމަލާގެ ސަބަބުން 50 މީހުން ޝަހީދުވެފައިވާ ކަމަށާއި، 150 މީހަކު ވަނީ ޒަޚަމްވެފައިކަމަށެވެ.

ޖަބަލިއްޔާ އަށް ދިން ހަމަލާއާއި އެކި ހަމަލާއަމާޒުވި އިމާރާތްތައް ވަނީ ބިމާއި ހަމަވެފައެވެ. މި ހަމަލާގައިވެސް ގިނައިން ޝަހީދުވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނެވެ.

ރޭ ޖަބަލިއްޔާއަސް ހަމަލާދިނުމަށް އިޒްރާއިލްގެ ސިފައިން 6 ޓަނުގެ ގޮވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ފަލަސްޠީނުގެ އިންޓީރިއަރ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ޖަބަލިއްޔާއަށް ދިން މިހަމަލާގައި އަލްޖަޒީރާގެ ބްރޯޑްކާސްޓް އިންޖިނިއަރެއް ކަމަށްވާ މުޙައްމަދު އަބޫ އަލް ޤުއްސާމްގެ ޢާއިލާގެ 18 މެމްބަރަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޖަބަލިއްޔާ އަށް ދިން ހަމަލާއަށްފަހު އިޒްރާއިލުން ބުނެފައިވަނީ ޖަބަލިއްޔާއަށް ދިން ހަމަލާއަކީ އެތަނުގައި ދިރިއުޅެމުންދިޔަ ހަމާސްގެ އިސް ލީޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށްބުނެފައެވެ. ނަމަވެސް ހަމާސް އާއި ހަވާލާދީ ޤުދްސް ނެޓްވޯކުން ބުނެފައިވަނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ރޭ ޖަބަލިއްޔާ އަށް ދިން ހަމަލާއަށް ފަހު ޒަޚަމްވި މީހުންނަށް ފަރުވާ ދިން އިންދޮނީސީ ހޮސްޕިޓަލްގެ ޑޮކްޓަރަކަށް ހަވާލާދީ ޤުދްސް ނެޓްވޯކު ގައި ބުނެފައިވަނީ އެހަމަލާތަކުގައި އަނިޔާވެގެން ގެނައި މީހުންގެ ގައިގައި ހުރީ އަޖައިބު ވާކަހަލަ ޒަޚަމްތަކެއް ކަމަށެވެ.

ޒަޚަމްތަކުން ލޭ އަންނަ ތަންތަނުން ލޭ މަނާކުރަން ޑޮކްޓަރުން މަސައްކަތް ކުރުމުން ގިނަ ކޭސްތަކުގައި ލޭ ހޮޅިތައް ފަޅައިގެން ގޮސްފައިވާ ކަމަށްވެސް ބުނެފައިވެެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.