ރަފާ ހުރަސްކޮށް ޣައްޒާއިން ބޭރަށް ދެވޭނެ ކަމުގެ އުންމީދުގައި ރަފާ ބޯޑަރުކައިރިއަށް އެއްވެ ތިބި ބައެއް. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
01 Nov 2023 | 14:17
ޣައްޒާ ފަޅިން ރަފާ ބޯޑަރު ހުޅުވައިލައިފި

ފަލަސްޠީންގެ ޣައްޒާ އާއި މިޞްރު ގުޅުވައިދޭ ރަފާ ބޯޑަރު ޣައްޒާ ފަޅިން ހުޅުވައިލައިފިއެވެ.

މިއީ 7 އޮކްޓޫބަރުގައި ފެށުނު ހަނގުރާމައިގެ ފަހުން ޣައްޒާ ފަޅިން ރަފާ ބޯޑަރު ހުޅުވާލި ފުރަތަމަ ފަހަރެވެެ.

ރަފާ ބޯޑަރު ހުޅުވާލުމާއި އެކު ޣައްޒާއިން ބޭރަށް އެންމެ ފުރަތަމަ ބޭރަށް ގެންގޮސްފައިވަނީ ޣައްޒާގައި ތާށިވެފައިތިބި އެެހެން ޤައުމުތަކުގެ މީހުންނެވެ.

ރަފާ ބޯޑަރު ހުޅުވާލާނެ ކަމުގެ ޚަބަރާއި އެކު ގިނަ އަދަދެއްގެ ބަޔަކު ދަނީ ޣައްޒާއިން ބޭރަށް ދެވޭނެ ކަމުގެ އުއްމީދުގައި އެބޯޑަރުގެ ކައިރިއަށް ވެހިކަލް ތަކުގައި ޖަމާވަމުންނެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ މިޞްރުން ރަފާ ހުރަސްކޮށް މިޞްރަށް އެތެރެވުމަށް ހުއްދަދީފައިވަނީ ހަމަލާތަކުގެ ސަބަބުން ޒަޚަމްވެ ވަރަށް ބޮޑަށް ޙާލު ދެރަވެފައިވާ 81 ފަލަސްޠީނުގެ މީހަކަށާއި، ޣައްޒާގައި ތާށިވެފައިތިބި އެހެން ޤައުމުތަކުގެ މީހުން ނުވަތަ އެހެން ޤައުމުތަކުގެ ރަށްވެހިކަން ލިބިފައި ތިބި ފަލަސްޠީނުގެ ބައެއް މީހުންނަށް ކަމަށެވެ.

އެހެން ޤައުމެއްގެ ރަށް ވެހިކަން ހޯދައިފައިވާ މީހެއް ނަމަވެސް ރަފާ ހުރަސް ކޮށް ދެވެނީ ރެޑް ކްރޮސް މެދުވެރިކޮށް އެޤައުމަކަށް އަނބުރާ ދިއުމަށް ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. 

އަލްޖަޒީރާގައި ބުނެފައިވަނީ އެމްބިޔުލާންސްތައް މަޑުމަޑުން ރަފާ ބޯޑަރު ކައިރިއަށް އެބަ އަންނަމުންދާ ކަމަށާއި އެއްވެސް މީހަކަށް އަދި އެއްވެސް ވެހިކަލަކަށް ރަފާ ހުރަސްކޮށް އަދި ނުދެވޭ ކަމަށެވެ. އަދި ރަފާ ބޯޑަރު ކައިރީގައި މިޞްރު ފަޅީގައި އެހީގެ ތަކެތި އަރުވައިފައިވާ ޓްރަކް ތައްވެސް ބޯޑަރު ހުރަސްކުރުމަށް ތައްޔާރަށް އެބަހުރި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.