ޖަބަލިއްޔާއަށް ބޮން އެޅުމުން އެތަން ހަލާކުވެފައި. ފޮޓޯ: ޤުދްސް ނެޓްވޯކް
ދުނިޔެ
02 Nov 2023 | 08:53
އިޒްރާއިލުން އަނެއްކާވެސް ޖަބަލިއްޔާއަށް ބޮން އަޅައިފި

އިޒްރާއިލުން އަނެއްކާވެސް ޣައްޒާގެ ޖަބަލިއްޔާ ރެފިޔުޖީ ކޭމްޕަށް ބޮންއަޅައިފިއެވެ.

މިއީ 24 ގަޑިއިރުތެރޭ އިޒްރާއިލުން ޖަބަލިއްޔާއަށް ބޮން އެޅި ދެވަނަ ފަހަރެވެ. އިއްޔެ ރޭ ޖަބަލިއްޔާއަށް ދިން ހަމަލާގައި 50 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

މިއަދު އިޒްރާއިލުން ހަމަލާދީފައިވަނީ ޖަބަލިއްޔާ ކޭމްޕްގައި ހުންނަ އަލް ފަލޫގާ ކިޔާ ސަރަހައްދަށެވެ. ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ މިއަދު އިޒްރާއިލުން ހަމަލާދިން ސަރަހައްދަކީ ގެެތައް ވަރަށް ކައިރި ކައިރީގައި ހުންނަ ސަރަހައްދެއް ކަމަށެވެ.

މިހަމަލާގައި މީހުން ޝަހީދުވި މިންވަރެއް އަދި ޒަޚަމްވި މީހުންގެ ޢަދަދެއް ސާފުވެފައެއް އަދި ނުވެއެވެ.

ފަލަސްޠީނުގެ ސިވިލް ޑިފެންސް ފޯސްގެ ތަރުޖަމާނު މުޙައްމަދު މޫސަލް ހަވާލާދީ އަލްޖަޒީރާ ގައި ބުނެފައިވަނީ މި ހަމަލާގައި ގިނަ އާއިލާތަކެއް އެކިގައި ޝަހީދުވެފައިވާ ކަމަށާއި، އަދި ވެއްޓިފައިވާ ޢިމާރާތް ތަކުގެ ދަށުން މީހުން ސަލާމަތްކުރުމާއި މީހުން ހޯދުމަށް ބޭނުންވާ ވަސީލަތްތައް ފަލަސްޠީނުގެ ސިވިލް ޑިފެންސް ފޯސް އަށް ލިބިފައި ނުވާކަމަށެވެ.

މޫސަލްގެ ވާހަކައިގައި ޢަރަބި ދުނިޔޭގެ ވެރިންނަށް ގޮވާލައިފައިވަނީ ފަލަސްޠީނުގެ ފަލަސްޠީނުގެ ސިވިލް ޑިފެންސް ފޯސްއަށް މީހުން ސަލާމަތް ކުރުމަށާއި މީހުން ހޯދުމަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް ގޮވައިލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.