އިޒްރާއިލްގެ ހަމަލާތަކުގައި ހަލާކުވެފައިވާ ޢިމާރާތްތަކެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
02 Nov 2023 | 08:35
ޣައްޒާގައި ގެދޮރު ގެއްލިފައިތިބި 1،470،000 މީހުން އެބަތިބި

ފަލަސްޠީނުގެ ޣައްޒާގައި ގެދޮރު ގެއްލިފައި ތިބި 1،470،000 މީހުން އެބަތިބިކަމަށް ޔޫރޯ މެޑް ހިޔުމަން ރައިޓްސް މޮނިޓަރ އިން ހާމަކުރި އަދާހަމަތަކުން ބުނެފިއެވެ.

އެއަދާހަމަ ތަކުގައި ބުނެފައިވާ ގޮތުން ޣައްޒާގައި ބޯހިޔާ ވަހިކަން ގެއްލިފައި ތިބި 1،470،000 މީހުން އެބަތިބިކަމަށާއި، 44300 ގެއެއް މުޅިން އެކުގައި ހަލާކުވެފައި ވާ ކަމަށެވެ. މީގެ އިތުރުން 136100 ގެއެއް ވަނީ މަރާމާތައް ބޭނުންވެފައި ކަމަށް އެ އަދާހަމަތަކުގައި ބުނެފައިވެއެވެ.

ޣައްޒާގެ 147 ސްކޫލެއް ހަލާކުވެފައިވާއިރު، 513 އިންޑަސްޓްރިއަލް ފެސިލިޓީ އެއް ވަނީ ހަލާކުވެފައެވެ. މިއާއި އެކު 87 ޕްރެސް ހެޑްކުއަރޓާސް އެއް ހަލާކުވެފައި ވާއިރު، 32 ނޫސްވެރިޔަކު ވަނީ ޝަހީދުވެފައެވެ. އަދި 47 މިސްކިތަކާއި 3 ފައްޅިއެއް ވަނީ ހަލާކުކޮށްލައިފައެވެ.

107 ހެލްތް ފެސިލިޓީއަކަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، 247 މެޑިކަލް އޮފިސަރަކަށް އަމާޒުކޮށް ވަނީ ހަމަލާދީފައެވެ. އޭގެ ތެރެއިން 111 މީހަކު ޝަހީދުވެފައިވާއިރު، 136 މީހަކު ވަނީ ޒަޚަމްވެފައެވެ.

މީގެއިތުރުން 9056 މީހަކު ޝަހީދުވެފައިވާއިރު އޭގެ ތެރެއިން 3718 ޝަހީދުންނަކީ ކުޑަކުދިންނެވެ. އަދި 1929 ޝަހީދުންނަކީ އަންހެނުންނެވެ.

21890 މީހަކު ޒަޚަމްވެފައިވާއިރު، 1976 މީހަކު ވެއްޓިފައިވާ ޢިމާރާތް ތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.