އިޒްރާއިލްގެ ހަމަލާއެއްގައި ޒަޚަމްވި މީހަކު އިންދޮނީސީ ހޮސްޕިޓަލަށް ވައްދަނީ. ފޮޓޯ: ރޮއިޓާސް
ދުނިޔެ
02 Nov 2023 | 10:01
އިންދޮނީސީ ހޮސްޕިޓަލުގެ މައި ޖަނެރޭޓަރު ހުއްޓި ގިނަ ބައެއްގެ ފުރާނަ ނުރައްކަލުގައި

ފަލަސްޠީނުގެ ޣައްޒާގައި ހުންނަ އިންދޮނީސީ ހޮސްޕިޓަލުގެ މައި ޖަނެރޭޓަރު ހުއްޓި ގިނަ ބައެއްގެ ފުރާނަ ނުރައްކަލަށް ވެެއްޓިއްޖެއެވެ.

ޣައްޒާއިން ކަރަންޓު ކަނޑާލައިފައި ވުމުގެ ސަބަބުން ހޮސްޕިޓަލްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން ދަނީ ޖަނެރޭޓަރުތަކެވެ. ޖަނެރޭޓަރުތަކަށް އަޅާނެ ތެޔޮ ވެސް މިހާރު ދަނީ ހުސްވަމުންނެވެ. މިސަބަބާއި ހުރެ ޖަނެެރޭޓަރުތައް ނިވެމުންދާތީ ހޮސްޕިޓަލް ތަކުގެ ހިންގުމަށް ވަނީ ބުރޫއަރައިފައެވެ.

އިންދޮނީސީ ހޮސްޕިޓަލްގެ މައި ޖަނެރޭޓަރު ހުއްޓިފައިވާ އިރު ޣައްޒާގައި ހުންނަ ހަމައެކަނި ކެންސަރު ހޮސްޕިޓަލް ކަމުގައި ވާ ޓާކިޝް-ފަލަސްތީން ފްރެންޑްޝިޕް ހޮސްޕިޓަލް ގައި ކަރަންޓު ކެނޑި އެހޮސްޕިޓަލްގެ ޚިދްމަތް ވަނީ އެއްކޮށް ހުއްޓައިލައިފައެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ މިހާރު އިންދޮނީސީ ހޮސްޕިޓަލުގައި ޚިދްމަތް ދެމުންދަނީ ބެކަޕް ޖަނެެރޭޓަރުން ކަމަށެވެ. އަދި އޭގެ މާނައަކީ ސިއްޚީ ޚިދްމަތަށް ބޭނުންކުރާ ގިނަ ކަރަންޓުގެ ސާމާނުތައް ބޭނުން ނުކުރެވޭ ހާލަތުގައި ހުރުން ކަމަށާއި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ހޮސްޕިޓަލްގެ ޚިދްމަތް ކެނޑިދާނެ ކަމަށެވެ. 

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލް ގެ ޚިދްމަތްވެސް އަވަސް މުއްދަތެއްގެ ތެރޭގައި ތެޔޮ ނުލިބިއްޖެނަމަ ކެނޑިދާނެ ކަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ހޮސްޕިޓަލްތަކަށް ބެނުންވާ ކަރަންޓު ނުލިބި ޒަޚަމްވެފައިވާ މީހުން ހޮސްޕިޓަލްތަކުގައި ފުނިޖެހިފައިވާއިރު، އިޒްރާއިލުން ޣައްޒާއަށް ތެޔޮ ދޫކުރާނެ ކަމުގެ އިޝާރާތެއްވެސް ކޮށްފައެއް ނުވެއެވެ. އަދި ރަފާ ހުރަސްކޮށް ޣައްޒާއަށް ތެޔޮ ވެއްދުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެހީގެ ގާފިލާތަކާއި އެކު ތެޔޮ ވައްދާނަމަ ހަމަލާދޭނެ ކަމަށް އިޒްރާއިލުން ވަނީ އިންޒާރުދީފައެވެ.

7 އޮކްޓޫބަރުގައި ޣަައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 8805 މީހަކު ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.