ޤުދުސް ހޮސްޕިޓަލުގެ ގޯތިތެރޭގައި ގެދޮރު ގެއްލިފައިވާ މީހުން. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
02 Nov 2023 | 10:46
އަލް ޤުދްސް ހޮސްޕިޓަލުގެ ގޯތިތެރެއަށް ހަމަލާތަކެއް ދީފި

ފަލަސްޠީނުގެ ޣައްޒާގައި ހުންނަ އަލް ޤުދްސް ހޮސްޕިޓަލުގެ ގޯތި ތެރެއަށް އިޒްރާއިލް ސިފައިން ހަމަލާތަކެއް ދީފިއެވެ.

އަލްޖަޒީރާގައި ރެޑް ކްރެސެންޓަށް ހަވާލާދީ ބުނެފައިވަނީ ޤުދްސް ހޮސްޕިޓަލްގެ ގޯތިތެރެއަށް ދޭން ފެށި ހަމަލާތައް އިޒްރާއިލް ސިފައިން ދޭން ފަށައިފައިވަނީ ފަތިހުގެ ވަގުތުގައި ކަމަށެވެ.

ޤުދްސް ހޮސްޕިޓަލަކީ ރެޑް ކްރެސެންޓާއި ގުޅިގެން ހިންގަމުންދާ ހޮސްޕިޓަލެކެވެ. އެގޮސްޕިޓަލް ހުންނަނީ ޣައްޒާގެ ތާލް އަލްހަވާ ނެެއިބަރހުޑްގައެވެ.

އިޒްރާއިލް ސިފައިންވަނީ އެހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރު ވަރަށް ގިނަ ފަހަރަށް ވަނީ ދީފައެވެ. ޤުދުސް ހޮސްޕިޓަލަކީ 14000 އަށްވުރެ ގިނަ ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ހޯދަމުންދާ ތަނެކެވެ.

ރެޑް ކްރެސެންޓުން ބުނެފައވަނީ އިޒްރާއިލުން އިންޒާރު ދިން ކަމުގައިވިޔަސް ޤުދްސް ހޮސްޕިޓަލް ހުސްނުކުރާނެ ކަމަށެވެ. ރެޑް ކްރެސެންޓުން ދުނިޔެއަށް ގޮވައިލައިފައިވަނީ އިޒްރާއިލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.