ޖަބަލިއްޔާއަށް ދިން 2ވަނަ ހަމަލާއަށް ފަހު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
02 Nov 2023 | 12:30
ޖަބަލިއްޔާއަށް ދިން ދެވަނަ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 195 އަށް!

ޣައްޒާގެ ޖަބަލިއްޔާ ރެފިޔުޖީ ކޭމްޕަށް އިޒްރާއިލުން އިއްޔެ ދިން ހަމަލާގައި 195 މީހަކު ޝަހީދުވެފައިވާ ކަަމަށް ފަލަސްޠީނުގެ ސަރުކާރުން ހާމަކޮށްފައިވާ ކަަމަށް އަލްޖަޒީރާއި އިން ބުނެފިއެވެ.

ޖަބަލިއްޔާ އަށް އިޒްރާއިލުން ދިން ދެވަނަ ހަމަލާގައި 195 މީހަކު ޝަހީދުވެފައިވާއިރު 120 މީހަކު ވަނީ ވީނުވީ އެއް ނޭގިފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ފުރަތަމަ ދެ ހަމަލާގައި ޝަހީދުވި މީހުންގެ ހަށިތަކާއި ޢިމާރާތްތަކިގެ ދަށުން މީހުންތައް ނުނެރެވިގެން އުޅެނިކޮށް އަނެއްކާ މިއަދު ވަނީ ހަމަ ޖަބަލިއްޔާއަށް ތިންވަނަ ހަމަލާއެއް ދީފައެވެ.

މިހަމަލާގައި ތިން މީހަކު ޝަހީދުވެ ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ.

މިއާއި އެކު ޖަބަލިއްޔާ އަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 200 އަށް އަރައި ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 777 އަކަށް އަރައިފައެވެ.

ޖަބަލިއްޔާއަށް ދިން ހަމަލާގެ އިތުުރުން އަލް ނަސްރު ސްޓްރީޓަށް އަމާޒުކޮށް އިޒްރާއިލުން ދިން ހަމަލާއެއްގައިވެސް ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.އޭގެ ތެރޭގައިވެސް ބޮޑު ޢަދަދެއް ހިއްސާ ކުރަނީ ކުޑަ ކުދިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.