ހުޅަނގު އައްސޭރީގެ މަގުތަކުގައި އިޒްރާއިލް ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
02 Nov 2023 | 14:26
ރޭ އެކަނިވެސް ހުޅަނގު އައްސޭރިން 60 މީހުން ހައްޔަރުކޮށްފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރިން ރޭ އެކަނިވެސް ފަލަސްޠީނުގެ 60 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ހުޅަނގުއައްސޭރީގެ އެކި ސަރަހައްދުތަކުން ރޭ 60 މީހަކު އިޒްރާއިލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ހުޅަނގުއައްސޭރީގެ ޣަލްގިލްޔާ އާއި ރާމައްﷲ ގައި ހިނގި ކުރިމަތިލުން ތަކުގައި 2 މީހަކު ޝަހީދުވެ 6 މީހަކަށް ވަނީ އަނިޔާވެފައެވެ.

ހަމަމިއާއި އެކު ރާމައްﷲގައި ހުންނަ ބިރްޒެއިތް ޔުނިވާސިޓީ އިން ވެސް ވަނީ 3 މީހަކު ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި އެޔުނިވާސިޓީގެ ސްޓޫޑެންޓް އެސޯސިިއޭޝަންގެ ހެޑް ވެސް ހިމެނޭ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

7 އޮކްޓޫބަރުން ފެށިގެން ހުޅަނގު އައްސޭރިން، އިޒްރާއިލުން ހައްޔަރުކުރި މީހުންގެ ޢަދަދު މިހާރުވަނީ 1800 އަށް އަރައިފައެވެ. އަދި ހުޅަނގުއައްސޭރިން ޝަހީދުވި މީހުންގެ އަދަދު 132 އަކަށް އަރައި ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 2100 އަށް އަރައިފައެވެ.

ހުޅަނގުއައްސޭރި އަށް އެއްގަމު މަގުން އަރައި ޢިމާރަތްތަކަށް ގެއްލުންދީ، މީހުންނަށް ބަޑިން ހަމަލާދެމުންދާއިރު ޣައްޒާއަށްވެސް ވައިގެ މަގުން ދަނީ ވަރުގަދަ ނުރައްކާތެރި ހަމަލާދެމުންނެވެ.

އެގޮތުން ޣައްޒާގައި ހުންނަ އެންމެ ގިނަ މީހުން ދިރިއުޅޭ ޖަބަލިއްޔާ ކޭމްޕަށް ވަނީ ތިން ފަހަރަށް ހަމަލާދީފައި ވެއެވެ. އެތިން ހަމަލާގެ ސަބަބުން އެތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޝަހީދުވެފައެވެ.

ވައިގެ މަގުން ޣައްޒާއަށް ނުރައްކާތެރި ހަމަލާތައް އިޒްރާއިލުން ދެމުންދާއިރު، އެއްގަމު މަގުން ޣައްޒާއަށް އެރުމަށް އިޒްރާއިލްގެ ޔަހޫދިން ކުރަމުންދާ މަސައްކަތަށް މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

ޣައްޒާއަށް ވަނުމަށް އިޒްެރާއިލްގެ ސިފައިން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅަމުން ދަނީ އަލް ޤައްސާމް ބްރިގޭޑްސްގެ ހިތްވަރުގަދަ މުޖާހިދުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.