އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް-- ފޮޓޯ/އިންތިޚާބީ ރައީސްގެ އޮފީސް
ހަބަރު
02 Nov 2023 | 16:04
ވެމްކޯގެ އިންވެންޓަރީއެއް ނުބެލެހެއްޓޭ؛ އޮޑިޓު ނުކުރާތާވެސް 3 އަހަރު: ފިރުޒުލް

ކުނި މެނޭޖުކުރުމުގެ މަސަައްކަތަށް ޚާއްސަކޮށް އުފައްދާފައިވާ ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ)ގެ މުދަލުގެ އިންވެންޓްރީ ރަނގަޅަށް ނުބަލަހަައްޓާކަމަށާއި، އޮޑިޓު ނުކުރާތާ 3 އަހަރު ވެފައިވާކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުން އެއްކުރި މައުލޫމާތުތަކަށް އަލި އަޅުވާލައްވައި، އެ އޮފީހުގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. 

އެގޮތުން، ވެމްކޯގެ ހާލަތަށް އަލި އަޅުވާލައްވައި ފިރުޒުލް ވިދާޅުވީ އެކުންފުނީގެ ޖުމްލަ ދަރަނި 226 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އެވަރުގެ ދަރަންޏެއް އޮތް އިރުވެސް ކުންފުނިން ކުރަމުންދާ ޚަރަދުތައް އިތުރުވަމުންދާތީ, ކުންފުނި ހިންގައި މުވައްޒަފުންނަށް މުސާރަ ދިނުން ފަދަ ކަންކަން ކުރުމަށް ކޮންމެ މަހަކު ސަރުކާރުން ކެޕިޓަލް އިންޖެކްޝަނުގެ ގޮތުގައި ފައިސާ ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ވެމްކޯއަށްވާ ގެއްލުން އަހަރުން އަހަރަށް އިތުރުވެ ބޮޑުވަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މިއާއެކު ފިރުޒުލް ވަނީ ކުންފުނީގެ ވިޔަފާރި ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ބިޒްނަސް ޑިވެލޮޕްމެންޓު ޕްލޭނެއް ވެމްކޯއިން އެކުލަވައިލާފައިނުވާ ކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

އެއާއެކު އަޅުގަނޑުމެންނަށް ފާހަގަވީ، ކުންފުނީގެ ބޭނުންވާ ބިޒްނަސް ޑިވެލޮޕްމެންޓު ޕްލޭނެއް އެކަށީގެންވާ ގޮތުގައި އެކުލަވާލެވިފައި ނެތްކަން. އަދި ހަމަ އެހެންމެ، 2020 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ފައިނެންޝިއަލް އޮޑިޓް ފުރިހަމަކުރެވިފައި ނުވާކަން. އަދި ހަމަ އެހެންމެ ކުންފުނީގެ އިންވެންޓަރީ އާއި ސްޓޮކް ރަނގަޅަށް ބެލެހެއްޓެމުން ނުދާކަން. 

އިންތިގާލީ ތަރުޖަމާން މުޙައްމަދު ފިރުޒުލް

ފިރުޒުލް ވިދާޅުވީ ކުންފުނީގެ އިންވެންޓަރީ އާއި ސްޓޮކް ނުބެލެހެއްޓުމުގަ ސަބަބުން، ކުންފުނިން ބޭނުންކުރަމުންދާ ބައެއް ތަކެތި ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ވެސް ޚަރަދުތައް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މީގެ ނަތީޖާއެއްގެ ގޮތުން ކުންފުނިން ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ [އުޅަނދުތަކުގެ] ފުލީޓުވެސް ވަރަށް ބޮޑަށް ބާވެ، އެތަކެތިވެސް ހުރީ ވަރަށް ބޮޑަށް މަރާމާތުކުރަންޖެހިފައިކަން ފާހަގަކުރެވޭ. މިހާރު މިކަންކަން ރަނގަޅަށް އިންތިޒާމުވެ، ތަރުތީބުވެގެން ކުރިއަށްނުދާތީ މިހާރު އެ ކުންފުނިން މަސައްކަތްކުރާ ގޮތަކީ އުޅަނދެއް ނުވަތަ އިކުއިޕްމެންޓެއް ހަލާކުވުމުން މަރަމާތަށް ބޭނުންވާ އެއްޗެއް ވަގުތުން ގަނެގެން ކުރިއަށް ގެންދިއުން. އޭގެ ސަބަބުން އާޚިރުގައި ކުންފުނީގެ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވަމުންދާކަން ފާހަގަކުރެވޭ" ފިރުޒުލް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވަނީ ފެނަކައާއި، ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއާއި ވެމްކޯގެ ހާލަތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ