ސްކޫލަށް ހަމަލާދިން ވަގުތުގެ ފޮޓޯއެއް
ދުނިޔެ
02 Nov 2023 | 15:55
ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުން ތިބި ސްކޫލަކަށް ފޮސްފަރެސް ބޮމުގެ ހަމަލާއެއް

ގެދޮރުގެއްލި ހާލުގައި ޖެހިފައިތިބި ޣައްޒާގެ ބައެއް ރައްޔިތުން ބޯހިޔާ ވަހިކަން ހޯދަމުން ދިޔަ ސްކޫލަކަށް އިޒްރާއިލުން ހުދު ފޮސްފަރެސް ބޮމުގެ ހަމަލާއެެއް ދީފިއެވެ.

މިހަމަލާދީފައިވަނީ އދ އިން، ޝަތީ ރެފީޔުޖީ ކޭމްޕްގައި ހިންގާ ސްކޫލަކަށެވެ. މި ސްކޫލަކީ މިވަގުތު އެތައްހާސް ބަޔަކު ވަގުތީ ހިޔާވަހިކަން ހޯދަމުންދާ ތަނެއް ކަމަށް ޤުދުސް ނެޓްވޯކުން ބުނެފައިވެއެވެ.

މިހަމަލާގެ ސަބަބުން ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދި ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. ނަމަވެސް ޝަހީދުވި މީހުންގެ ޢަދަދެއް އަދި އަދި ޒަޚަމްވި މީހުންގެ ޢަދަދެއް ޔަޤީންވެފައެއް ނުވެއެވެ.

އިޒްރާއިލުން ހުދު ފޮސްފަރެސް އިން ހަމަލާދީފައިވާއިރު، ހަމަލާދިނުމަށް ހުދު ފޮސްފަރެސް ބޭނުން ކުރުމަކީ ބައިނަލް އަޤްވާމީ މުވާހަދާތަކާއި ޤާނޫނު ތަކުން މަނާ ކޮށްފައިވާ ކަމެކެވެ.

7 އޮކްޓޫބަރުގައި ހަނގުރާމަ ފެށުނުފަހުން މީގެ ކުރިންވެސް އެއްފަހަރެެއްގައި ހުދު ފޮސްފަރެސްގެ ހަމަލާއެއް ވަނީ ދީފައެވެ.

ޔޫރޯ މެޑް މޮނިޓަރ އިން ބުނެފައިވަނީ އިޒްރާއިލުން މިހާތަނަށް ދެ ނިޔުކްލިއަރ ބޮމާއި އެއްވަރަށް ޣައްޒާއަށް ބޮން އަޅައިފައިވާ ކަމަށެވެ.

އިޒްރާއިލުން ޖަބަލިއްޔާއަށް ތިން ފަހަރުމަތިން ދިން ހަމަލާގައި ޝަހީދުވި މީހުންގެ ޢަދަދު މިހާރުވަނީ 1000 މައްޗަށް އަރައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.